ads
މިއަދު ބޭއްވި ރަސްމިއްޔާޓުގެ ތެރެއިން---ފޮޓޯ:އައިޖީއެމްއެޗް
އައިޖީއެމްއެޗުގައި ކެންސަރު ބައްޔަށް ބޭނުންވާ ބޭހުގެ ފާމަސީއެއް ހުޅުވައިފި
އިންދުރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައި.ޖީ.އެމް.އެޗް)ގައި ކެންސަރުގެ ބަލިތަކަށް ބޭނުންވާ ބޭސްވިއްކުމަށް ހާއްސަ ފާމަސީ އެއް ހުޅުވައިފިއެވެ.
އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގައި ކެންސަރުގެ ބަލިތަކަށް ބޭނުންވާ ބޭސް ވިއްކުމަށް ހާއްސަ ފާމަސީ އެއް ހުޅުވައިފި އެވެ.

އައިޖީއެމްއެޗްގައި މިއަދު މިފާމަސީ ރަސްމީކޮށް ހުޅުއްވައިދެއްވީ އައިޖީއެމްއެޗްގެ ސީއީއޯ އިބްރާހިމް ސަލީމާއި ރާއްޖޭގައި ހުންނެވި ހަމައެކަނި ދިވެހި ކެންސަރުގެ އޮޕަރޭޝަނާ ބެހޭ ހާއްސަ ޑޮކްޓަރު ޑރ. މުހައްމަދު ޝިފާން އެވެ.

މިފާމަސީ ހުޅުވާފައި ހުންނަނީ އޯޕީޑީ ހުޅުވާފައި ހުންނަ ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން ހަވީރު 4:00 އަށެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ އައިޖީއެމްއެޗުން އަބަދުވެސް މަސައްކަތް ކުރަނީ ރައްޔިތުންނަށް ފަސޭހަކަމާ އެކީ ސިއްހީ ފަރުވާގެ ހިދުމަތް ފޯރުކޮށްދިނުމަށް ކަމަށެވެ. އެގޮތުން މިފާމަސީ އައިޖީއެމްއެޗްގެ ކެންސަރުގެ ބަލިތަކާ ބެހޭ ޑިޕާޓްމަންޓްގެ ތެރޭގައި ހުޅުވުމުގެ މައިގަނޑު މަގްސަދަކީ އެއީ ކަމަށްވެސް ސަލީމް ވިދާޅުވި އެވެ.

ސަލީމް އިތުރަށް ވިދާޅުވީ މިފާމަސީން ލިބޭ ހުރިހާ ބޭހެއް ވެސް އާސަންދައިގެ ދަށުން ހިލޭ ލިބޭނެ ކަމަށެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް