ads
އިމާމުންނާއި މުދިމުންގެ ޑިގްރީ ކޯސް، ނައިބު ރައީސް ފައިސަލް އިފްތިތާހުކޮށްދެއްވަނީ-- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
އިމާމުންނާއި މުދިމުންނަށް ހިލޭ ޑިގްރީ ކޯސް އިފްތިތާހުކޮށްފި
މިސްކިތްތަކުގެ އިމާމުންނާއި މުދިމުންނަކީ އިސްލާމީ ތައުލީމުގެ ރޮނގުން ޑިގްރީ ހާސިލްކޮށްފައިވާ ބަޔަކަށް ހެދުމަށް ހިންގާ ކޯސްތައް މިއަދު އިފްތިތާހުކޮށްފި އެވެ.

އިމާމުންނާއި މުދިމުންނަށް ހާއްސަކޮށްގެން ހިންގާ ކޯސްތައް އިފްތިތާހުކޮށްދެއްވީ އިސްލާމީ މަރުކަޒުގައި މިއަދު އޮތް ރަސްމިއްޔާތެއްގައި ނައިބު ރައީސް ފައިސަލް ނަސީމް އެވެ. 

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، މިސްކިތްތަކުގެ އިމާމުންނާއި މުދިމުންނަކީ ވަރަށް މަތިވެރި މަސައްކަތެއް ކުރާ ބަޔެއް ކަމަށާއި، އެއީ މުޖުތަމަޢުގެ ޤަދަރާއި ލޯތްބާއި އިޙުތިރާމު ލިބިފައިވާ ބަޔެއް ކަމުގައެވެ. 

އެމަނިކުފާނު ވަނީ ކޮންމެ ފަރުދަކު ވެސް ބޭނުންވާ ދާއިރާއަކުން ތަޢުލީމު އުނގެނި، ތަމްރީނު ހޯދައި، ކުރިއަރައިގެން ދިޔުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ސަރުކާރުން ބޮޑު އަހަންމިއްޔަތުކަމެއް ދޭ ކަމުގައި ވިދާޅުވެ، މި ސިޔާސަތުގެ ބޭނުމަކީ، ކޮންމެ ޒުވާނަކީ ވެސް، ބޭނުންތެރި، މަސައްކަތްތެރި، އުފެއްދުންތެރި، ޤައުމަށް ފައިދާހުރި، އަދި ވަކިން ޚާއްޞަކޮށް އެހެން މީހުންނަށް ބަރޯސާވާން ނުޖެހޭ މީހެއްގެ ގޮތުގައި ބިނާކުރުން ކަމުގައި ވިދާޅުވެފަ އެވެ.

އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި އެ ކޯސްތަކަކީ އިސްލާމިކް މިނިސްޓްރީ އާއި އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) ގުޅިގެން ހިންގާ ކޯހެކެވެ.

ހިލޭ ކުރިއަށް ގެންދާ އެ ކޯސްތަކުގައި ޖުމްލަ 384 ދަރިވަރުން ބައިވެރިވެ އެވެ. އެއީ އެޑްވާންސް ލެވެލްއަށް ކިޔަވާ 292 ދަރިވަރުންނާއި ޑިގްރީއަށް ކިޔަވާ 92 ދަރިވަރުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް