ads
ޕަންޖާބުގެ ކްރިސް ގޭލް--
އައިޕީއެލް: ދެވަނަ ސުޕަ އޯވަރެއް ކުޅެ މުމްބާއީ އަތުން ޕަންޖާބަށް މޮޅެއް
އިންޑިއަން ޕްރިމިއަ ލީގުގައި ފޯރިގަދަ ދެވަނަ ސުޕަ އޯވަރެއް ކުޅެ ވަރުގަދަ މުމްބާއީ އިންޑިއަންސްގެ މައްޗަށް ކިންގްސް އިލެވަން ޕަންޖާބުން ކުރި ހޯދައިފި އެވެ. މިއީ ޓޭބަލްގެ ފުލުގައި އޮތް ޕަންޖާބުން ވިދިވިދިގެން މޮޅުވި ދެވަނަ މެޗެވެ.

އާދިއްތަ ދުވަހުގެ ރޭ ކުޅުނު މި މެޗުގައި މުބާރާތުގެ އެންމެ ކާމިޔާބު ޓީމުކަމުގައިވާ މުމްބާއީ އިންޑިއަންސްއިން ކުޅެން އަރައި، ހަ ވިކެޓަށް ވިހި އޯވަރުން ސަތޭކަ ހަތްދިހަ ހަ ލަނޑު ހެދިއެވެ. ޖަވާބުގައި ކުޅެން ނުކުތް ކިންގްސް އިލެވަން ޕަންޖާބަށްވެސް ވިހި އޯވަރު ތެރޭ ހެދުނީ ސަތޭކަ ހަތްދިހަ ހަ ލަނޑެވެ. ދެ ޓީމުގެ ނަތީޖާ ހަމަހަމަވުމުން ދެން ޖެހުނީ ނަތީޖާ ނެރެން ސުޕަ އޯވަރެއް ކުޅޭށެވެ.

ސުޕަ އޯވަރުގައި ކިންގްސް އިލެވަންއަށް ހެދުނީ ފަސް ލަނޑެވެ. ޖަވާބުގައި ކުޅެން ނުކުތް މުމްބާއީ އިންޑިއަންސް ފަސޭހަ ކަމާއި އެކު މެޗު ކާމިޔާބުކޮށްފާނެ ކަމަށް ބެލެވުނު ނަމަވެސް މުމްބާއީއަށްވެސް ހެދުނީ ފަސް ލަނޑެވެ. އެހެންކަމުން ގަވައިދުގައިވާ ގޮތުގެ މަތީން ނަތީޖާ ނެރުމަށްޓަކައި ދެވަނަ ސުޕަ އޯވަރެއް ކުޅެން ޖެހުނެވެ.

ދެވަނަ ސުޕަ އޯވަރުގައި މުމްބާއީ އިންޑިއަންސްއިން ފުރަތަމަ ކުޅެން ނުކުމެ، އެގާރަ ލަނޑު ހެދުމުން އަނެއްކާވެސް މުމްބާއީއަށް ފުރުސަތު ބޮޑުވެ މެޗުން މޮޅުވެދާނެ ކަމަށް ބެލެވުނެވެ. އެހެންނަމަވެސް ދެވަނަ ސުޕަ އޯވަރުގައި ކުޅެން ނުކުތް ކިންގްސް އިލެވަން ޕަންޖާބުގެ ކްރިސް ގޭލް ފުރަތަމަ ބޯޅަވެސް ޖެހީ ހަޔަކަށެވެ. އޭގެ ފަހުން އެއް ސިންގަލް ނަގައި، ފަހުން ދެ ބޯޅަ ހަތަރަކަށް ޖަހައި ފަސޭހަކަމާ އެކު ދެވަނަ ސުޕަ އޯވަރު ކާމިޔާބު ކުރީ ފަނަރަ ލަނޑު ހަދައިގެންނެވެ. މިއީ މި މުބާރާތުގައި ކްރިސް ގޭލް ކުޅުނު ދެވަނަ މެޗެވެ. ފުރަތަމަ މެޗުގައިވެސް މޮޅު ކުޅުމެއް ދައްކައި ޕަންޖާބު މޮޅު ކޮށްދިނުމުގައި އޭނާގެ ހިއްސާ ބޮޑެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް