ads
މަސްތުގެ ހާލުގައި ހުރެގެން ދީނަށް ފުރައްސާރަކުރުމުން ހައްޔަރުކުރި މީހާ
ދީނަށް ފުރައްސާރަ ކުރި އިންޑިއާ މީހާ ޑީޕޯޓްކޮށްފި
މަސްތުގެ ހާލަތުގައި ހުރެގެން ދީނަށް ފުރައްސާރަ ކުރި އިންޑިއާ މީހާ، ޑީޕޯޓްކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

މިމަހުގެ ދެވަނަ ދުވަހު، މާލޭ އަބަދަށްފެހި މަގުގައި މަސްތުގެ ހާލުގައި ހުރެގެން ދީނަށް ފުރައްސާރަކުރި މީިހަކު ހައްޔަރުކުރުމަށްފަހު ފުލުހުންވަނީ އޭނާ ދޫކޮށްލާފަ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާއަކީ ރާއްޖޭގައި މަސައްކަތްކުރާ އިންޑިއާގެ ރައްޔިތެކެވެ. 

މިއަދު ފުލުހުން ބުނީ މަސްތުގެ ހާލަތުގައި ހުރެ އިސްލާމްދީނަށް ފުރައްސާރަ ކުރި އިންޑިއާ މީހާ އެއްގޮތަކަށް ވެސް ރާއްޖެއަށް ނާދެވޭ ގޮތަށް ޑީޕޯޓްކޮށްލާފައިވާ ކަމަށެވެ. އަދި އޭނާ ރާއްޖެއިން ފޮނުވާލާފައި ވަނީ މިމަހުގެ 13 ވަނަ ދުވަހު ކަމަށް ވެސް ފުލުހުން ބުނެ އެވެ. 

ފުލުހުން އޭނާ ހައްޔަރުކުރުމުގެ ކުރިން ނަގާފައިވާ ވީޑިއޯތަކެއް ވަނީ މީސްމީޑިއާގައި އާންމުވެފައެވެ. އެވީޑިއޯތަކުން ފެންނަގޮތުގައި އޭނާވަނީ އިސްލާމް ދީނަށް ފުރައްސާރަކޮށް އެއްޗެހި ގޯވާފައެވެ. އަދި ރާއްޖޭގެ ކޯޓުތަށް ކޮންޓްރޯލް ކުރާނެކަމަށްބުނެ ފުލުހުންނަށް އިންޒާރުދޭ މަންޒަރުވެސް ފެނެއެވެ. 

މީސްމީޑިއާގައި އާންމުވެފައިވާ ވީޑިއޯއެއްގައި އޭނާ ބުނެފައިވަނީ، އެރޭ ހިނގާދިޔަ އެއްވެސް ކަމެއް އޭނާ ހަނދާން ނުވާކަމަށާއި، އޭނާގެ ވޮލެޓުވެސް ގެއްލިފައިވާކަމަށެވެ. އަަދި އެއްވެސް ފަރާތަކަށް އަނިޔާއެއް ލިބޭފަދަ ގޮތަކަށް އޭނާއަށް އަމަލުކުރެވިފައިވާނަމަ، ނުވަތަ އެއްވެސް ފަރާތަކަށް ކުޑައިމިސްކަމެއް ރައްދުވާފަދަ ގޮތަކަށް އޭނާއަށް އެއްޗެއް ބުނެވިފައިވާނަމަ ނިހާޔަތަށް މައާފަށް އެދޭކަމަށް ބުނެފަ އެވެ.

މަސްތުގެ ހާލުގައި ހުރުމުން އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށްފަހު، ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އޭނާވަނީ ދޫކޮށްލާފައެވެ. ނަމަވެސް ދީނަށް ފުރައްސާރަކޮށްފައި ވަނިކޮށް އޭނާ ދޫކޮށްލުމުން ގިނަބަޔަކު ފާޑުކިޔެވެ. 

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް