ads
ފިހާރައްގެ ތެރެ
ކުދި ވިޔަފާރިތަކަށް 300 މިލިއަން ރުފިޔާ ދޫކޮށްފި
އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) މެދުވެރިކޮށް 300 މިލިއަން ރުފިޔާގެ ލޯނު އަދި ބޮޑެތި ވިޔަފާރިތަކަށް ބީއެމްއެލް މެދުވެރިކޮށް 544 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ވަނީ 1815 ކުދި ވިޔަފާރިއަކަށް ލޯނު ދޫކޮށްފަ އެވެ. އެގޮތުން އެސްޑީއެފްސީ މެދުވެރިކޮށް މިހާތަނަށް ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ކުދި އަދި މެދު ފަންތީގެ 229 ވިޔަފާރިއަކަށް 52.7 މިލިއަން ރުފިޔާ ދޫކޮށްފައިވާއިރު ދަތުރުފަތުރުގެ ދާއިރާގެ 76 ވިޔަފާރިއަކަށް 19.4 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ. 

އަދި އަމިއްލަ މަސައްކަތްކުރާ 621 ފަރާތަކަށް 18.5 މިލިއަން ރުފިޔާ ވަނީ ދޫކޮށްފަ އެވެ.

އޭގެ އިތުރުން ދަނޑުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ 13 ވިޔަފާރިއަކަށް 2.2 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ. 

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު މިމަހުގެ 15 ވަނަ ދުވަހާއި ހަމައަށް ބީއެމްއެލް މެދުވެރިކޮށް ވިޔަފާރިތަކަށް އަށް މިލިއަން ޑޮލަރުގެ ލޯނު ދޫކޮށްފައިވާއިރު މިހާތަނަށް ލޯނަށް އެދި ހުށަހެޅި 579 ވިޔަފާރީގެ ތެރެއިން 410 ވިޔަފާރިއަކަށް ލޯނު ދޫކޮށްފައިވެ އެވެ. ކޮވިޑް ރިކަވަރީ ސްކީމުގެ ނަމުގައި ބޮޑެތި ވިޔަފާރިތަކަށް ބީއެމްއެލް މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަނީ ކޮވިޑާއި ގުޅިގެން ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް އަރައިގަނެވޭނެ މަގެއް ހޯދައިދިނުމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް