ads
ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް--- ފޮޓޯ: ސީއެންއެމް
ގިނަ ދުވަހަށް ރާއްޖޭގައި ޗުއްޓީ ހޭދަކުރެވޭނެ ފަދަ ޕެކޭޖުތަކެއް ތައާރަފުކުރަނީ
ގިނަ ދުވަހަށް ރާއްްޖޭގައި ޗުއްޓީ ހޭދަކުރެވޭނެ ފަދަ ޕެކޭޖުތަކެއް ފަތުރުވެރިންނަށް ތައާރަފުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

މިދިޔަ ޖުލައި މަހު ރާއްޖޭގެ ބޯޑަރު ހުޅުވާލި ފަހުން 26،500 ފަތުރުވެރިން ރާއްޖެއަށް ވަނީ ޒިޔާރާތްކޮށްފަ އެވެ. އެގޮތުން ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެންމެ ގިނަ ފަތުރުވެރިން އައި ގައުމުތަކުގެ ތެރޭގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް އަދި ބްރެޒިލް އަދި އިންޑިއާ އާއި ރަޝިއާ އަދި ސްޕެއިންގެ އިތުރުން ޖަރުމަނީ އާއި ފްރާންސް ފަދަ ގައުމުތައް ހިމެނެ އެވެ. 

މިދިޔަ އަހަރު ރާއްޖެއަށް ރިކޯޑް އަދަދަކަށް ފަތުރުވެރިން އައިއިރު ނިކެއި އޭޝިއާއަށް ދިން އިންޓަވިއުއެއްގައި ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ވިދާޅުވީ ކޮވިޑްގެ މިހާލަތުގައި ވެސް ބައެއް ކަންކަން ރަނގަޅަށް ކުރިއަށްދާ ކަމަށާއި އެގޮތުން ފަތުރުވެރިން އައިސް ރާއްޖޭގައި ހޭދަކުރާ މުއްދަތު އިތުރުވެފައިވާ ކަމަށެވެ. 

މިނިސްޓަރު ވިދާޅުވީ ރާއްޖެއަށް އަންނަ ބައެއް ފަތުރުވެރިން އެމީހުން އައުމަށް ފަހު ރާއްޖޭގައި ހޭދަކުރާ މުއްދަތު އިތުރުކުރަމުންދަނީ އެމީހުންގެ ގައުމުގެ ކޮވިޑް މެނޭޖްމަންޓާ މެދު އެހާ ހިތްހަމަނުޖެހޭތީ ކަމަށެވެ. އެގޮތުން ރާއްޖޭގައި ފަތުރުވެރިން ހޭދަކުރާ މުއްދަތު އިތުރުވަމުންދާތީ ގިނަ ދުވަސްތަކުގައި ތިބޭ ފަތުރުވެރިންނަށް ހާއްސަ ޕެކޭޖްތަކެއް ތައާރަފުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު ބޯޑަރު ހުޅުވާލި ފަހުން އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރާތްކޮށްފައި ވަނީ ރަޝިއާ އިންނެވެ. އެ ގައުމުން 4,817 މީހަކު އައިސްފައިވާއިރު ޔުނައިޓެޑް އަރަބް އެމިރޭޓްސް އިން އައި ފަތުރުވެރިންގެ އަދަދަކީ 3,218 އެވެ. އެއަށް ފަހު ތިން ވަނައަށް އެންމެ ގިނަ ފަތުރުވެރިން އައި ގައުމުގެ ގޮތުގައި ޔޫއެސްއޭ އޮތީ 2431 ފަތުރުވެރިންނާއެކު އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް