ads
ގަވަރުނަރު އަލީ ހާޝިމް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ޕޭމަންޓް ސިސްޓަމް އަންނަ އަހަރު ބޭނުންކުރަން ފެށޭނެ: ގަވަރުނަރު އަލީ ހާޝިމް
ރާއްޖޭގައި ގާއިމުކުރެވޭ ޕޭމަންޓް ސިސްޓަމް އަންނަ އަހަރު ބޭނުންކުރަން ފެށޭނެކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ފަރާތުން ދިއްދޫ ދާއިރާގެ މެންބަރު އަބްދުالله ވަހީދު ހުށަހަޅުއްވާފައިވާ ޕޭމަންޓް ސިސްޓަމާއި ޕޭމަންޓް ހިދުމަތްތަކުގެ ބިލާއި ގުޅޭގޮތުން މިއަދުގެ މަޖިލީހުގައި ގަވަރުނަރު އަލީ ހާޝިމް ވަނީ ބައިވެރިވެވަޑައިގެން މައުލޫމާތު ދެއްވާފަ އެވެ. 

އެގޮތުން ގަވަރުނަރު އަލީ ހާޝިމް ވިދާޅުވީ، މި ގާނޫނު ގެނައިމާ ބޭންކިން ނިޒާމުގައި އުޅުއްވާ ފަރާތްތަކާއި ހުރިހާ ކަމެއް އެއް ހަމައަކަށް އެއް ނިޒާމަކުން ގުޅާލެވޭނެ ކަމަށެވެ. އޭގެ ސަބަބުން ސަރުކާރުން ރާއްޖެ ލާމަރުކަޒީ ކުރުމަށްވެސް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށްވެސް ގަވަރުނަރު ވިދާޅުވި އެވެ. އަދި ކޮވިޑް-19 އިގެ ހާލަތުގައި މިފަދަ ސިސްޓަމެއްގެ ބޭނުން ވަރަށް ބޮޑަށް ހާމަވެގެން ދިޔަ ކަމަށްވެސް ވިދާޅުވި އެވެ. 

މިފަދަ ސިސްޓަމެއް ގެނައުމަށް މީގެ ކުރިންވެސް ރޭވުންތަކެއް ހުރިކަމަށާއި، އެހެން ނަމަވެސް އެ މަސައްކަތް ލަސްވެގެން ދިއައީ، ކޮވިޑުގެ ހާލަތުގައި އެކަމާ ގުޅޭ މާހިރުން ރާއްޖެ އައުމަށް ދިމާވި ދަތިތަކާއި ގުޅިގެންކަމަށް ވިދާޅުވި އެވެ. 

"މި ސިސްޓަމް ގާއިމުވެގެން ދިއުމުން ބޭރުގެ އެކި އިންޓަނޭޝަނަލް ހިދުމަތްތައް ވެސް ލިބުމަށް ފަސޭހަވެގެންދާނެ."

މީގެ އިތުރުން ގަވަރުނަރު ވިދާޅުވީ މިސިސްޓަމް އަންނަ އަހަރު އޮކްޓޫބަރުމަހު ލައިވްކުރެވޭނެ ކަމަށް އުންމީދު ކުރާކަމަށެވެ. 

މި ގާނޫނުގެ ދަށުން އެކުލަވާލެވޭ ގަވައިދުތަކާއެކު ރާއްޖޭގެ މުޅި މާލީ ނިޒާމު އެއް ޕްލެޓްފޯމަކަށް ގެނެވި، އެންމެ އާދައިގެ ރައްޔިތު މީހާއަށްވެސް ހަމަހަމަ ރައްކާތެރިކަމެއް ލިބިގެންދާނެ ކަން ގަވަރުނަރު އަލީ ހާޝިމް ފާހަގަކުރެއްވި އެވެ. 

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް