ads
ޕީޖީ ހުސައިން ޝަމީމް--
ވެންޓިލޭޓަރު މައްސަލައިގައި ޕީޖީން ޕްރެސް އެއް ބާއްވަނީ
ވެންޓިލޭޓަރު މައްސަލައިގައި ދައުވާ ނުކުރުމަށް ނިންމި ސަބަބުތައް ބަޔާންކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ޕްރެސް އެއް ބޭއްވުމަށް ނިންމައިފި އެވެ.

ޕީޖީ އޮފީހުން ވަނީ ވެންޓިލޭޓަރު މައްސަލައިގައި މިނިސްޓަރު އަބްދުﷲ އަމީން ހިމެނޭ ގޮތަށް ދައުވާ ކޮށްދިނުމަށް އެދި އޭސީސީ އިން ފޮނުވާފައިވާ 11 ފަރާތުގެ މައްޗަށް ދައުވާ ނުކުރުމަށް ނިންމާފައެވެ. 

ޕީޖީ އޮފީހުން ބުނެފައިވަނީ އެ އޮފީހުގެ ނިންމުން ބިނާވެފައިވާ ސަބަބުތަކާއި މައްސަލައާއި ގުޅޭގޮތުން އިތުރު ތަފްސީލު ހާމަކުރުމަށް މިއަދު މެންދުރު 01:00 ގައި ޕްރެސް ކޮންފަރެންސްއެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. 

ކޮވިޑް-19 އާއި ގުޅިގެން 75 ވެންޓިލޭޓަރު ސަޕްލައިން ކޮށްދޭނެ ފަރާތެއް ހޯދުމުގައި މާލިޔަތު ގަވައިދާ ހިލާފަށް އަމަލުކޮށްފައިވާ ކަން އެންމެ ފުރަތަމަ ފާހަގަކޮށްފައިވަނީ އޮޑިޓާ ޖެނެރަލްގެ އޮފީހުންނެވެ. އަދި އެ މައްސަލަ އޭސީސީން ބެލުމަށްފަހު ނިންމާފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި ހިލާފަށް، މިނިސްޓްރީ އޮފް ހެލްތަށް ބޭނުންވާ 75 ވެންޓިލޭޓަރު ސަޕްލައިކުރުމުގެ މަސައްކަތް ޑުބާއީގެ ކުންފުންޏެއްކަމަށްވާ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކޮށްފައިވާކަމަށެވެ. އަދި އެމައްސަލައިގައި 11 ފަރާތެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށްއެދި ވަނީ ޕީޖީ އޮފީހަށް ހުށަހަޅާފަ އެވެ. 

މި މައްސަލައާއި ގުޅިގެން މިނިސްޓަރު އަމީން އާއި ހެލްތް މިނިސްޓްރީގެ ބިޑް ކޮމިޓީގެ މެމްބަރުން ތިބީ ސަސްޕެންޝަނެއްގަ އެވެ. 

14%
ކަމުގޮސްފި
14%
އަޑުއެހިތާ މިހުރީ
29%
ސަތޭކައަކުން ސުމެއް
43%
ވަރަށް ސަލާމް
ކޮމެންޓްސް