ads
ލ. ފޮނަދޫގެ މަގު ހެދުމުގެ މަސައްކަތް ކުރިއަށް ދަނީ-- ފޮޓޯ: އެމްޓީސީސީ
ލ. ފޮނަދޫގެ މަގުތައް ހެދުމުގެ މަޝްރޫއު ނިމުމަކާ ގާތްވެއްޖެ
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ކުރިއަށް ގެންދާ ލ. ފޮނަދޫ މަގުތައް ހެދުމުގެ މަޝްރޫއު ނިމުމަކާ ގާތް ވެއްޖެ އެވެ.

އެމްޓީސީސީން ބުނީ އެ މަޝްރޫއުގެ މަސައްކަތުގެ 64 ޕަސަންޓު ނިމިފައިވާ ކަމަށާއި މި ވަގުތު ކުރަމުން ދަނީ 5،200 އަކަ މީޓަރުގެ ސަރަހައްދެއްގައި ސަބްބޭސް އެޅުމުގެ މަސައްކަތް ކަމަށެވެ.

އެ މަޝްރޫއުގެ ދަށުން ދިގުމިނުގައި ޖުމުލަ 3.5 ކިލޯމީޓަރު ހުންނަ 12 މަގު ފޮނަދޫގައި ތަރައްގީކޮށް، 27،848 އަކަ މީޓަރުގެ ސަރަހައްދެއްގައި ތާރު އަޅާނެ އެވެ.

އޭގެ އިތުރުން ފެން ހިންދާ ނިޒާމެއް ގާއިމު ކުރުމާއި، ސްޕީޑް ބްރޭކަރު ހަރުކުރުމާއި، މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ވެސް އެ މަޝްރޫއުގެ ތެރޭގައި ހިމެނެ އެވެ. 

ޖުމްލަ 25.5 މިލިއަން ރުފިޔާގެ މަޝްރޫއު އެމްޓީސީސީއާ ހަވާލު ކުރީ ޕްލޭނިން މިނިސްޓްރީންނެވެ. މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ މިދިޔަ އަހަރުގެ ޖޫން 26 ވަނަ ދުވަހު އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް