ads
މާރާމާރީއެއް ހިންގާފައިވާ ސަރަހައްދެއްގައި ފުލުހުން ޓޭޕް ދަމާފައި-- ފޮޓޯ: ފުލުހުން
އައްޑޫ މާރާމާރީއާ ގުޅިގެން މީހަކު ހައްޔަރުކޮށްފި
އައްޑޫ ސިޓީ ހިތަދޫގައި މިދިޔަ އާދީއްތަ ދުވަހުގެ ރޭ ދެ ގްރޫޕެއްގެ ދެމެދުގައި ހިނގި މާރާމާރީއާ ގުޅިގެން ތުހުމަތު ކުރެވޭ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ކޯޓު އަމުރެއްގެ ދަށުން އިއްޔެ ހަވީރު ހައްޔަރު ކުރީ 25 އަހަރުގެ މީހެއް ކަމަށެވެ. އޭނާއާ ބެހޭ ތަފްސީލެއް ހިއްސާކޮށްފައެއް ނުވެ އެވެ.

އެ މާރާމާރީގައި ސީރިއަސް އަނިޔާތަކެއް ލިބުނު 22 އަހަރުގެ ފިރިހެނަކަށް ދަނީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

އިއްޔެ އައިސީޔޫގައި ބާއްވައިގެން ފަރުވާ ދިން ނަމަވެސް، މިހާރު އޭނާގެ ހާލު ރަނގަޅު ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް