ads
އަލްއުސްތާޒު ހުސައިން މުހައްމަދު ހަނީފް--
ހައިކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާގެ މަގާމަށް ހަނީފް އައްޔަން ކުރައްވައިފި
ހައިކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާގެ މަގާމަށް އަލްއުސްތާޒު ހުސައިން މުހައްމަދު ހަނީފް އައްޔަން ކުރައްވައިފި އެވެ.

އެ މަގާމަށް ހަނީފް އައްޔަން ކުރައްވާފައި ވަނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ މަގާމަށް ހަނީފް އައްޔަން ކުރިކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓާ އަލްއުސްތާޒް އާއިޝަތު ރިޒްނާ އެވެ.

your imageއަލްއުސްތާޒު ހުސައިން މުހައްމަދު ހަނީފް--

ހަނީފް ޝަރުއީ ދާއިރާގައި ފުރަތަމަ މަސައްކަތް ކުރައްވަން ފެއްޓެވީ 24 ޖެނުއަރީ 2019 ވަނަ ދުވަހު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ އެސިސްޓެންޓް ލީގަލް އޮފިސަރެއްގެ މަގާމުގައެވެ. އެއަށްފަހު ހައެއް ނޮވެމްބަރު 2019 ގައި ލީގަލް މަގާމުތަކުގެ އޮނިގަނޑަށް ގެނެވުނު އިސްލާހާއި ގުޅިގެން ލީގަލް އޮފިސަރަކަށް ބަދަލުވެގެން ދިޔައެވެ.

your imageލިޔުން ހަވާލުކުރުމަށް ބޭއްވި ރަސްމިޔާތުގެ ތެރެއިން———

ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ގާނޫނަށް ގެނެވުނު އިސްލާހަށް ފަހު މީގެ ކުރިން ވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ރަޖިސްޓްރާގެ މަގާމަށް ސ. ހުޅުދޫ، ރަތްވިލާގެ އަލްއުސްތާޒް ރައުފާ ހައިދަރު 12 ޖަނަވަރީ 2020 ގައި އައްޔަން ކޮށްފަ އެވެ.

އަދި އެއަށްފަހު މިއަހަރުގެ ފެބްރުއަރީ 17 ވަނަ ދުވަހު ރާއްޖޭގެ ސުޕްރީމް ކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާގެ މަގާމަށް އަލްއުސްތާޒް ފައިސަލް އާދަމް އައްޔަންކުރެވިގެން ދިޔައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް