ads
އަލަށް ވިޔަފާރިފަށާ ޒުވާނުންނަށް ހާއްސަ ފެސިލިޓީގައި ރަޖިސްޓްރީ ވުމުގެ ފުރުސަތު ހުޅުވާލައިފި
ބިޒްނަސް ސެންޓާ ކޯޕަރޭޝަނުން (ބީސީސީ) އިން ގާއިމްކުރާ ކޯ ވޯކްސްޕޭސް ފެސިލިޓީއަށް ރަޖިސްޓްރީވުމަށް ހުޅުވާލައިފި އެވެ.

އެ ސެންޓަރުން ގާއިމްކުރާ ކޯ ވޯކްސްޕޭސް ފެސިލިޓީއަކީ އަލަށް ފަށާ ކުދި ވިޔަފާރިތަކަށާއި ފްރީލާންސްކޮށް މަސައްކަތްކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ޔޫއެންޑީޕީގެ ސަސްޓެއިނަބަލް އިކޮނޮމިކް އެންޕަވާމެންޓް އެންޑް ޑިވެލޮޕްމަންޓް ފޯ އެސްއެމްއީޒް (ސީޑްސް) ޕްރޮޖްކްޓްގެ މާލީ އެހީގެ ދަށުން ގާއިމްކުރުމަށް ނިންމާފައިވާ ތަނެކެވެ. 

ބިޒްނެސް ސެންޓަރުން ބުނީ އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް ހާއްސަ ފޯމް މެދުވެރިކޮށް ރަޖިސްޓާ ވުމަށް މިހާރު ފުރުސަތު ހުޅުވާލާފައިވާކަމަށެވެ. ރެޖިސްޓާ ވުމަށް އެދި ފޯމް ލުމުގެ ސުންގަޑިއަކީ 27 އޮކްޓޫބަރު ވާ އަންގާރަ ދުވަހުގެ މެންދުރު 15:00 އެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ އިސްނެގެމާއެކު ބިޒްނަސް ސެންޓާ އިން މާލޭޭގައި ގާއިމުކުރުމަށް ނިންމާފައިވާ ކޯ ވޯކްސްޕޭސް ގެ ސަބަބުން ފްރީލާންސްކޮށް މަސައްކަތް ކުރާ ފަރާތްތަކަށާއި އަލަށް ވިޔަފާރިފަށާ ޒުވާނުންނަށް ހެޔޮ އަގެއްގައި ވިޔަފާރީގެ މަސައްކަތްތައްކޮށް، ހިޔާލުބަދުލުކުރެވޭނެ ފަހި މާހައުލެއް ފޯރުކޮށްދެވޭނެ ކަމަށް އެ ސެންޓަރުން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް