ads
މ.ވޭވަށް ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް-- ފޮޓޯ: އެމްޓީސީސީ
ވޭވަށް ބަނދަރު ތަރައްގީ ކުރުމުގެ 45 އިންސައްތަ މަސައްކަތް ނިމިއްޖެ
މ. ވޭވަށް ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 45 އިންސައްތަ ނިމިއްޖެ އެވެ.

ޕްލޭނިން މިނިސްޓްރީން އެމްޓީސީސީ އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ އަޕްޑޭޓް ހިއްސާކުރަމުން އެ ކުންފުނިން ބުނީ، މަސައްކަތުގެ 45 އިންސައްތަ ނިމިފައިވާ ކަމަށާއި، އެގޮތުން މިހާރު އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތުގެ 66 އިންސައްތަ ނިންމާލެވިފައިވާ ކަމަށެވެ. 

އެ މަޝްރޫއުގެ ދަށުން 60,839 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 350 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 35 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުން ކުރިއަށްދާނެ އެވެ. އަދި 380 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމުގެ މަސައްކަތާއި 1880 ސްކުއެއާ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި، މަގުބައްތި ޖެހުމުގެ މަސައްކަތް ހިމެނެ އެވެ. 

ޖުމްލަ 48.8 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކުރެވޭ މި ޕްރޮޖެކްޓުގެ މަސައްކަތް ޕްލޭނިން މިނިސްޓްރީން އެމްޓީސީސީ އާ ހަވާލުކުރީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 27 ގައެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް