ads
އެމްޓީސީސީން މިއަދު ބޭއްވި ރަސްމިއްޔާތު--
އެމްޓީސީސީން "މައިކްރޯސޮފްޓް ޑީ365" އަށް އަޕްގްރޭޑްކޮށް ބޭނުންކުރަން ފަށަައިފި
އެމްޓީސީސީން ބޭނުންކުރަމުން އައި "މައިކްރޮސޮފްޓް ސޮލޮމަން" އެންޓަޕްރައިސް ރިސޯސް ޕްލޭނިން ސޮފްޓްވެއާ "މައިކްރޮސޮފްޓް ޑީ365" އަށް އަޕްގްރޭޑްކޮށް ބޭނުންކުރަން ފަށައިފި އެވެ.

މިއަދު ހެނދުނު އެމްޓީސީސީގައި ބޭއްވި ރަސްމިއްޔާތެއްގައި އިފްތިތާހްކުރެވުނު އީއާރުޕީ ސިސްޓަމަކީ އެއްއަހަރު ދުވަހުގެ ޕްލޭނިންއާއިއެކު އެމްޓީސީސީގެ މުވައްޒަފުން އަދި އެ ޕްރޮޖެކްޓުގެ ބައިވެރިންގެ ބުރަ މަސައްކަތުގެ ނަތީޖާ ކަމަށް އެމްޓީސީސީން ބުނެ އެވެ.

އަލަށް އިފްތިތާހްކުރި އެންޓަޕްރައިސަސް ރިސޯސް ޕްލޭނިން ސިސްޓަމް (އީއާރްޕީ) ގެ ސަބަބުން ކުންފުނީގެ މަސައްކަތްތަކާއި ހިންގުން ހަރުދަނާވެ ކޮންޓްރޯލްސްތައް އެފިޝަންޓްވެ މައުލޫމާތު އެއްކުރުމާއި ހޯދުމުގައާއި މާލީ ރިޕޯޓިންގައި ގިނަ ފަސޭހަތަކެއް ކުންފުންޏަށް ލިބިގެންދާނެ ކަމަށް އެމްޓީސީސީން ބުނެ އެވެ.

އެމްޓީސީސީން ބުނީ އުއްމީދަކީ އަލަށް ލޯންޗު ކުރެވުނު ސޮފްޓްވެއާގެ ސަބަބުން ކުންފުނީގެ މަސައްކަތްތައް އިތުރަށް ހަލުވިވެގެން ދިއުން ކަމަށެވެ. އެ ސޮފްޓްވެއާ ބޭނުންކުރަން ފެށުން ރަސްމީކޮށް އިފްތިތާހް ކޮށްދެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް އެވެ. 

"މައިކްރޮސޮފްޓް ޑީ365" ސޮފްޓްވެއާ އަކީ މައިކްރޮސޮފްޓް ކުންފުނިން ކުންފުނިތަކުގެ ރިސޯސަސް މެނޭޖްކުރުމަށް ފަރުމާ ކޮށްފައިވާ އެންމެ ފަހުގެ ސޮފްޓްވެއާ އެކެވެ. އެ ސޮފްޓްވެއާއަކީ މައިކްރޮސޮފްޓް "އޮފީސް 365" އާއި އިންޓަގްރޭޓް ވާ ގޮތަށް ފަރުމާކުރެވިފައިވާ ސޮފްޓްވެއާއެއް ކަމުން މަސައްކަތުގައި ކުންފުންޏަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ އެވެ.   

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް