ads
ހިޔާ މަޝްރޫއުގެ ފްލެޓުތަކެއް-- ފޮޓޯ: ސީއެންއެމް
ހިޔާ މަޝްރޫއުގައި އެންމެ ގިނަ މީހުން ފޯމުލީ ކެޓެގަރީން ދިރިއުޅުމުގެ ހާލަތު ބަލަނީ
ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައި ހުޅުވާލި ހިޔާ މަޝްރޫއުގައި އެންމެ ގިނަ މީހުން ފްލެޓަށް އެދުނު ކެޓަގަރީން ދިރިއުޅުމުގެ ހާލަތު ބަލަން ފަށައިފި އެވެ.

ހިޔާ މަޝްރޫއުގެ 12 ކެޓެގަރީއަށް 25،000 މީހުން ފޯމު ހުށަހެޅި އެވެ. އޭގެ ތެރެއިން އެންމެ ގިނަ މީހުން ކުރިމަތިލީ 18 އަހަރާއި 40 އަހަރާ ދެމެދުގެ މީހުންގެ ކެޓެގަރީ އަށެވެ. 

ފްލެޓު ދޫކުރީ އިންސާފުންތޯ ބެލުމަށް އުފެއްދި ކޮމިޓީން މިހާރު ދަނީ އެ ކެޓެގަރީއަށް ކުރިމަތިލި މީހުންގެ ތެރެއިން ޝަރުތު ހަމަވި ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު ބަލަމުންނެވެ. 

މި މަޝްރޫއުގެ ދަށުން ފްލެޓް ލިބުނު މީހުންގެ ލިސްޓު އާއްމުކޮށް، އެމީހުންނަށް ލިޔުން ހަވާލުކޮށްފައި ވަނިކޮށް މި ސަރުކާރުން ދަނީ އާ ލިސްޓެއް ހެދުމުގެ މަސައްކަތް ކުރަމުންނެވެ.

އެންމެ އިންސާފުވެރިކޮށް ފްލެޓް ދިނުމަށް އާ ލިސްޓެއް ހަދަމުން ދާއިރު، މާކްސް ދިނުމުގައި ބަލަނީ ކުރީ ސަރުކާރުން އެކުލަވާލި މިންގަނޑުތަކަށެވެ. 

ހިޔާ މަޝްރޫއުގެ 12 ކެޓެގަރީން ފަސް ކެޓެގަރީގެ ވަގުތީ ލިސްޓު މިހާތަނަށް އާއްމުކޮށްފައި ވެއެވެ. އެއީ ޑޮކްޓަރުންނާއި ނަރުހުންނާއި ޓީޗަރުންނާއި މާލޭގެ ރަށްވެހިންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އިތުރުން ދަފްތަރު ކެޓަގަރީގެ ލިސްޓެވެ.

25%
ކަމުގޮސްފި
63%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
13%
ވަރަށް ސަލާމް
ކޮމެންޓްސް