ads
ޓްރީޓޮޕް ހޮސްޕިޓަލް -- ފޮޓޯ: ޓްރީޓޮޕް
ޓްރީޓޮޕްގެ ޕީސީއާރު ޓެސްޓުގެ އަގު އަނެއްކާވެސް ހެޔޮކޮށްފި
ޓްރީޓޮޕް ހޮސްޕިޓަލުން އާއްމުންނަށް ޕީސީއާރް ޓެސްޓުގެ ހިދުމަތް ފޯރުކޮށްދޭ އަގު އަނެއްކާވެސް ހެޔޮކޮށްފި އެވެ.

އެ ހޮސްޕިޓަލުން ބުނީ 12 ގަޑިއިރު ތެރޭގައި މިހާރު ޓެސްޓުގެ ނަތީޖާ ލިބޭނެ ކަމަށާއި އަގުތައް ވެސް ހެޔޮކޮށްފައިވާ ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން ޕީސީއާރް ޓެސްޓަށް ޑިމާންޑު ބޮޑުވެފައި ވަނިކޮށް އެ ހޮސްޕިޓަލުގައި ވަނީ އާ ޕީސީއާރް މެޝިނެއް ބަހައްޓާފަ އެވެ.

އެ ހޮސްޕިޓަލުން ބުނީ އާ މެޝިނުގެ ސަބަބުން ޓެސްޓު ކުރެވޭ އަދަދު އިތުރު ވާނެ ކަމަށެވެ. އެއާއެކު ޑިމާންޑަށް ލުޔެއް އަންނާނެ ކަމަށް ލަފާ ކުރެވޭތީ އަގުތައް ވެސް ވަނީ ހެޔޮކޮށްފަ އެވެ.

އެގޮތުން ދިވެހިންނަށް މި ޓެސްޓު ހަދައި ދޭނީ 1،149 ރުފިޔާ އަށެވެ. ރާއްޖޭގައި އުޅޭ ބިދޭސީންގެ ތެރެއިން ވޯކް ޕާމިޓް ހޯލްޑަރުންނަށް 1،149 ރުފިޔާ އަދި ފަތުރުވެރިންނަށް 1،199 ރުފިޔާއަށް މި ޓެސްޓު ހެދޭނެ އެވެ.

މީގެ ކުރިން ދިވެހިންނަށް މި ޓެސްޓު ހަދައި ދެނީ 1،399 ރުފިޔާ އަށެވެ. ރާއްޖޭގައި އުޅޭ ބިދޭސީންގެ ތެރެއިން ވޯކް ޕާމިޓް ހޯލްޑަރުންނަށް 1،399 ރުފިޔާ އަދި ފަތުރުވެރިންނަށް 1،499 ރުފިޔާއަށް މި ޓެސްޓު ހަދައި ދީފައި ވެއެވެ.

އަވަހަށް ނަތީޖާ ބޭނުންވާ ކަސްޓަމަރުންނަށް ޕްރީމިއަމް ހިދުމަތެއް ވެސް އެ ހޮސްޕިޓަލުން ދަނީ ފޯރުކޮށްދެމުންނެވެ. 

ޓްރީޓޮޕްގެ ހިދުމަތްތައް ހޯދުމަށް ނުވަތަ އިތުރު މައުލޫމާތު ސާފު ކުރުމަށް ގުޅަން ޖެހެނީ 3351610 އަށެވެ. ނުވަތަ [email protected] އީމެއިލް ކުރުމުން ވެސް އިތުރު މައުލޫމާތު ލިބޭނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް