ads
ކަރާޗީ--
ކަރާޗީގެ އިމާރާތެއްގައި އެއްޗެއް ގޮވާ، ބަޔަކު މަރުވެއްޖެ
ޕާކިސްތާނުގެ ކަރާޗީގެ އިމާރާތެއްގައި އެއްޗެއް ގޮވުމުގެ ސަބަބުން ބަޔަކު މަރުވެއްޖެ އެވެ.

މިއަދު ހެނދުނު ޕާކިސްތާނުގެ ކަރާޗީގައި ހުންނަ އާންމުން ދިރިއުޅޭ އިމާރާތެއްގައި އެއްޗެއް ގޮވުމުގެ ސަބަބުން ފަސް މީހުން މަރުވެ، ވިއްސަށް ވުރެ ގިނަ މީހުންނަށް އެކިވަރުގެ ޒަހަމް ލިބިފައި ވެއެވެ. އިމާރާތުގައި އެއްޗެއް ގޮވަން މެދުވެރިވި ސަބަބު ނޭނގޭ ކަމަށް އެ ގައުމުގެ ފުލުހުންގެ އިސް އޮފިޝަލެއް ވަނީ ވިދާޅުވެފަ އެވެ.

ވިހި މިލިއަނަށް ވުރެ ގިނަ މީހުންގެ އާބާދީ އެއް އޮންނަ ކަރާޗީ އަކީ އާންމުކޮށް ސިޔާސީ ހަމަނުޖެހުންތައް ހިނގައިފައިވާ ސަރަހައްދެއް ކަަމަށް ވިޔަސް، މީގެ ހަތް އަހަރު ކުރިން ފެށި އޮޕަރޭޝަންތަކުގައި ގިނަ ގޭންގުތަކާއި، އެ ގޭންގުތަކާ ގުޅުން ހުރި ސިޔާސީ ޕާޓީތަކަށް ފިޔަވަޅު އެޅުމުގެ ސަބަބުން އެ ސަރަހައްދުގައި ހިނގާ ހަމަނުޖެހުންތައް ވަނީ މަދުވެފަ އެވެ. 

އިއްޔެ ކަރާޗީގެ ބަސް ޓާމިނަލް އެއް ކައިރީ ހިނގި ބޮން ގޮއްވުމުގެ ހާދިސާއެއް ގައި ވެސް ފަސް މީހަކަށް އެކިވަރުގެ އަނިޔާ ލިބިފައި ވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް