ads
ޖޭއެސްސީގެ ބައްދަލުވުމެއްގެ ތެރެއިން --
ގެމަނަފުށީ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓަށް ސުލޫކީ ފިޔަވަޅު އަޅައިފި!
ގއ. ގެމަނަފުށީ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އިބްރާހިމް މުނީރުއާ މެދު ސުލޫކީ ފިޔަވަޅު އެޅުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމައިފި އެވެ.

ޖޭއެސްސީން ބުނެފައިވަނީ، ގެމަނަފުށީ ރުއްދޮށުގޭގެ މިލްކުވެރިކަން ސާބިތު ކުރުމަށް ހިންގި ގަޒިއްޔާގައި ހުކުމް ކުރި ގޮތާ ހިލާފަށް އެ ގަޒިއްޔާގެ ޝަރިއަތް ނިމުނު ގޮތުގެ ރިޕޯޓު އެކުލަވާލާފައިވާ ކަމަށެވެ. 

އެގޮތުން އެގަޒިއްޔާގައި ނުބައި ނަމެއް ޖަހާފައި ވަނީ ލިޔުމުގެ ކުށެއްގެ ސަބަބުން ކަމަށް ވީނަމަވެސް، އެ ކުށް ފާހަގަނުވެ، އެ ކުށް ހުރިކަން ނޭނގި ރިޕޯޓްގައި ސޮއިކޮށް މައްސަލައިގައި ހިމެނޭ ފަރާތްތަކަށް ރިޕޯޓް ދޫކޮށްފައިވާ ކަމަށެވެ. އަދި އެއީ ގަސްތުގައި ކޮށްފައިވާ ކަމެއްކަމުގައި ނުވިނަމަވެސް، އެކަން ހިނގާފައިވަނީ އިސްމެޖިސްޓްރޭޓް އިބްރާހިމް މުނީރުގެ ފަރުވާކުޑަ ކަމުންކަން ސާބިތުވާކަމަށް ޖޭއެސްސީން ބުނެފައިވެ އެވެ.

އެހެންކަމުން އެކަމުގައި އަޅާ ސުލޫކީ ފިޔަވަޅެއްގެ ގޮތުން އިސްމެޖިސްޓްރޭޓް އިބްރާހިމް މުނީރަށް ނަސޭހަތް ދިނުމާއެކު، ޖޭއެސްސީން ކަނޑައަޅާ ތަމްރީނު ޕްރިގްރާމެއް ފުރިހަމަ ކުރުމަށް އެންގެމުން ނިންމާފައިވާ ކަމަށް ވެސް ޖޭއެސްސީން މައުލޫމާތުދީފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް