ads
ތ. ތިމަރަފުށީގައި ބެހެއްޓި އޭޓީއެމް ސެންޓަރު
ބީއެމްއެލްގެ އޭޓީއެމްއެއް ތިމަރަފުށީގައި ހުޅުވައިފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ތ. ތިމަރަފުށީގައި އޭޓީއެމް ސެންޓަރެއް ހުޅުވައި ހިދުމަތް ދޭން ފަށައިފި އެވެ.

ތިމަރަފުށީގައި ހުޅުވި މި އޭޓީއެމް ސެންޓަރު މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ފަސޭހަކަމާއި އެކު ބޭންކުގެ ހިދުމަތްތައް 24 ގަޑިއިރު ލިބޭނެ ކަމަށް ބީއެމްއެލް އިން ބުނެފައިވެ އެވެ. 

ބީއެމްއެލްއިން ވަނީ ނ. ކެނދިކުޅުދޫ އާއި ކ. ގުރައިދޫ އަދި އއ. ތޮއްޑޫގައިވެސް އޭޓީއެމް ބަހައްޓަން ނިންމައިފަ އެވެ.

ބީއެެމެއެލްއިން ބުނީ އެއީ ބީއެމްއެލްގެ ހިދުމަތްތައް ފުޅާކުރުމަށް ކުރެވޭ މަސައްކަތްތައްތަކުގެ ދަށުން ފޯރުކޮށްދޭ އެހީތެރިކަމެއް ކަމަށެވެ. ބީއެމްއެލުން ބުނާ ގޮތުގައި އެ އޭޓީއެމްތަކަކީ އެންމެ ފަހުގެ ސެކިއުރިޓީ ހިމެނޭ ގޮތަށް އަދި ރައްކާތެރިކަމާއެކު ބޭންކިން ހިދުމަތް ދިނުމަށް ފަރުމާ ކުރެވޭ އޭޓީއެމްތަކެކެވެ. 

އެގޮތުން، ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ޓިމް ސޯޔާ މީގެ ކުރިން ވިދާޅުވެފައިވަނީ ކޮވިޑް-19 އާ ގުޅިގެން ދަތުރުފަތުރުކުރުމަށް ދަތިތަކެއް ކުރިމަތިވެފައިވީނަމަވެސް ބީއެމްއެލުން މަސައްކަތް ކުރަމުންދަނީ ކުރިއަށް އޮތް ތަނުގައި ރަށްތަކަށް އޭޓީއެމްތައް ގެންދިއުމަށް ކަމަށެވެ. 

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 38 ބްރާންޗް، 55 ސެލްފްސަވިސް ބޭންކިން ސެންޓަރު، 116 އޭޓީއެމް، 277 ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް