ads
ތިނަދޫ ކޮވިޑް ފެސިލިޓީގެ މަސައްކަތް ނިމިއްޖެ
ގދ. ތިނަދޫގައި ގާއިމު ކުރާ ކޮވިޑް ފެސިލިޓީގެ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ، (އެމްޓީސީސީ) އިން ބުނެފި އެވެ.

އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވީ  ތިނަދޫ ކޮވިޑް ފެސިލިޓީގެ މަސައްކަތް ނިންމަައި ޕްލޭނިން އެންޑް ހައުސިން މިނިސްޓްރީއާ ހަވާލުކޮށްފައިވާ ކަމަށެވެ. 

އަދި އެ މަސައްކަތް ނިންމަން ހޭދަވީ އެންމެ ވިހި ދުވަސް ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.  

އެރަށުގައި ކޮވިޑް ފެސިލިޓީ އަޅަން ނިންމާފައި ވަނީ އެރަށުން ކޮވިޑް ޖެހުނު ހައި ރިސްކް މީހަކު ވިލިނގިލީ ކޮވިޑް ފެސިލީޓީގައި ފަރުވާދޭން ދެކޮޅު ހެދި މައްސަލައެއް ހޫނުވެ އެވެ. 

ތިނަދޫގައި ގާއިމުކުރަނީ 21 އެނދުގެ ކޮވިޑް ފެސިލިޓީ އެކެވެ. އެގޮތުން ހަ އެނދުގެ އައިސީޔޫ ބެޑާއި 15 އައިސޮލޭޝަން ބެޑް އެތަނުގައި ހިމެނެ އެވެ. 

އެރަށުގައި ކޮވިޑް ފެސިލިޓީއެއް ގާއިމުކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށާފައި ވަނީ 25 ސެޕްޓެމްބަރުގަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް