ރާއްޖޭގައި ސައްހަ ލިޔެކިޔުން ނެތް ބަންގްލަދޭޝް މީހުންނާއި އެނބުރި ގައުމަށް ދާން ބޭނުން މީހުން ފުރުވާލުމަށް ސަރުކާރާއި މޯލްޑިވިއަން ގުޅިގެން ކުރިއަށް ގެންދާ އޮޕަރޭޝަނުގެ ދަށުން މިއަދު އިތުރު 152 މީހަކު ފޮނުވާލާފައިވާއިރު މޯލްޑިވިއަނުން ވަނީ މިހާތަަނަށް މިގޮތަށް 40 އަށް ވުރެ ގިނަ ދަތުރު ކޮށްފައެވެ.
ބަންގްލަދޭޝްގެ ވެރިރަށް ޑާކާއަށް މިއަދު ގެންގޮސްފައިވާ 152 މީހުންއާއިއެކު މޯލްޑިވިއަނުން އަނބުރާ ބަންގްލަދޭޝަށް ގެންދިޔަ މީހުންގެ އަދަދު 7884 ވަނީ އަރާފައެވެ. ސަރުކާރުގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން 20000 އާ ގާތް ކުރާ އަދަދަކަށް މީހުން އަނބުރާ ގައުމަށް ފޮނުވާލުމެވެ.
ރާއްޖޭގައި ގިނަ އަދަދަކަށް ބަންގްލަދޭޝް މީހުން އުޅެމުންދާތީ އެ އަދަދު ތިރިކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތަކުގެ ތެރެއިން މޯލްޑިވިއަންގެ ފްލައިޓުތަކުގައި އެމީހުން ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނައިރު ކޮވިޑާއި ގުޅިގެން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭން އައި އެގައުމުގެ އަސްކަރީ އުޅަނދުތަކެއްގައި ވެސް އެގައުމުގެ ރައްޔިތުންތަކެއް ގެންގޮސްފައިވެ އެވެ.