ads
ހދ. ކުޅުދުއްފުށި-- ފޮޓޯ: ކޭއޯ
ކުޅުދުއްފުށިން 18 ގެ ފަހުން ނެގި ހުރިހާ ސާމްޕަލެއް ނެގެޓިވް
ހދ. ކުޅުދުއްފުށިން ޕޮޒިޓިވްވި މީހުންނާއި ގުޅިގެން ނެގި 78 ސާމްޕަލާއި ރެންޑަމްކޮށް ނެގި 120 ސާމްޕަލް ވެސް ނެގެޓިވްވެފައިވާ ކަމަށް ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.

އެޗްއީއޯސީން މިހާރު ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުﷲ މައުރޫފް ވިދާޅުވީ މިމަހުގެ 18 ވަނަ ދުވަހު ކުޅުދުއްފުށިން ހަތަރު މީހަކު ޕޮޒިޓިވްވެފައިވާއިރު އެމީހުންނާއި ކޮންޓެކްޓްވި މީހުންގެ އަަދަދު އުޅެނީ 78 ގައި ކަމަށެވެ. 

އަދި ރަށުގައި ބަލި ފެތުރިފައިވޭތޯ ބެލުމަށް ރެންޑަމްކޮށް 120 ސާމްޕަލެއް ނަގާފައިވާ ކަމަށާއި އެހުރިހާ ސާމްޕަލެއް ވެސް ނެގެޓިވްވެފައިވާ ކަމަށެވެ. 

މައުރީފް ވިދާޅުވި ގޮތުގައި ރެންޑަމް ސާމްޕަލް ނެގުމުގައި ބަލާފައި ވަނީ ކޮމިއުނިޓީ ސާވިސްދޭ ފަރާތްތަކަށެވެ. އެގޮތުގެ ދަށުން ބިދޭސީ މަަސައްކަތްތެރިންގެ ތެރެއިން 34 ސާމްޕަލަކާއި 17 ފިހާރައަކުން އަދި 24 ކެފޭ ރެސްޓޯރަންޓެއްގެ އިތުރުން ބޭންކާއި އެއާޕޯޓުން 13 ސާމްޕަލެއް ވަނީ ނަގާފަ އެވެ. 

އަދި ޓެކްސީގެ ހިދުމަތްދޭ 11 މީހެއްގެ ސާމްޕަލް ނަަގާފައިވާއިރު ބޯޓު ފަހަރުތަކުން ވެސް 10 މީހެއްގެ ސާމްޕަލް ނެގި އެވެ. އެކަމަކު އެ އެންމެން ވެސް ބައްޔަށް ނެގެޓިވްވެފައިވާއިރު މިމަހުގެ 18 ގެ ފަހުން އެއްވެސް މީހަކު އެރަށުން ޕޮޒިޓިވް ނުވާ ކަމަށް ވެސް މައުރޫފް ވިދާޅުވި އެވެ. 

މައުރޫފް ވިދާޅުވި ގޮތުގައި އެ ރަށުގެ ޓާސްކް ފޯހާއި އެޗްއީއޯސީ ގުޅިގެން ދަނީ ރައްޔިތުން ހޭލުންތެރިކުރުމަށް މަސައްކަތްތަކެއް ކުރަމުންނެވެ.

ކޮވިޑުން ރައްކާތެރިވުމަށް ފިޔަވަޅުތައް އެޅުމަށް ރަށުގެ ރައްޔިތުންނަށް އިލްތިމާސްކޮށްފައިވާއިރު ބަލީގެ އަލާމާތެއް ކިރިޔާ ވެސް ފެނިއްޖެނަމަ އެރަށުގައި ހުރި ފްލޫ ކްލިނިކަށް ދެއްކުމަށް ވަނީ އެދިފަ އެވެ.

މިމަހުގެ 18 ވަނަ ދުވަހު އެޗްއީއޯސީން ވަނީ ކުޅުދުއްފުށީގައި ލޯކަލް ޓްރާންސްމިޝަނެއް އޮތް ކަމަށް ކަނޑައަޅާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް