ads
ސާރާ އޭނާގެ ބައްޕައާއެކު
ެސާރާއަކީ ސަލާން ޖަހާ ކުއްޖެއް ކަމަށް ހީކޮށް މީހުން ފައިސާ ދިންކަން އެނގޭތަ؟
މިހާރު ބޮލީވުޑުގައި ހުރި އެންމެ މަގްބޫލު އެއް ޒުވާން ތަރިއަކީ ސާރާ އަލީ ހާނޭ ބުނުމަކުން ދޮގަކަށް ނުވާނެ އެވެ. ތަރިން މަގްބޫލުވާ ވަަރަކަށް އެމީހުންގެ ދިރިއުޅުމުގެ ކަންކަން ބަލާއި ހޯދަން ބޭނުންވެ އެވެ.

މިއީ ސާރާއަށް ކުޑައިރު ދިމާވި ކަމެކެވެ. އެކަމަކު މިފަހުން މިވަނީ އަނެއްކާވެސް ސާރާ އެ ވާހަކަތައް ކިޔައިދޭ ވީޑިއޯ ވައިރަލްވެފަ އެވެ. 

ސާރާ ބުނީ އޭނާގެ މަންމަ އަމްރިތާ ސިންގް އާއި ބައްޕަ ސައިފް އަލީ ހާން އަދި ކޮއްކޮ އިބްރާހިމްގެ އިތުރުން ގޭގައި މަސައްކަތް ކުރާ މީހާއާއެކު އެމީހުން ވިޔަފާރިކުރަން ބޭރަށް ދިޔަ ކަމަށެވެ. އަދި ފިހާރައަށް ގޮސް މަންމައާއި ބައްޕަ ވިޔަފާރި ކުރަންވެގެން ވަނުމުން އިބްރާހިމްއާއެކު އޭނާ މަޑުކުރީ ބޭރުގައި ގޭގެ މަސައްކަތު މީހާއާއެކު ކަމަށެވެ.

ސާރާ ބުނި ގޮތުގައި އެތަނުގައި ހުރުމަށް ފަހު އޭނާ ނަށަން ފެށުމާއެކު އެހެން ހިނގާފަައި ދިޔަ މީހުން އޭނާއަކީ ސަލާމް ޖަހާއި ކުއްޖެއް ކަމަށް ހީކޮށް ލާރި ދޭން ފެށި ކަމަށެވެ. އަދި ލާރި ހޯދުމަށް ނަށަނީ ކަމަށް ހީކޮށް މީހުން ލާރި ދެމުންދާތީ އޭނާ އެތަނުގައި ހުރެގެން ނެށި ކަމަށެވެ.

އަދި ވިޔަފާރިކޮށްގެން އައުމާއެކު މަންމައަށް އެ ފައިސާ ދިން ކަމަށް ވެސް ބުންޏެވެ.

ސައިފްގެ އެންމެ ފުރަތަމަ ކައިވެންޏަށް ސާރާ އާއި އިބްރާހީމް ލިބިފައިވާއިރު އެ ކައިވެނި ރޫޅުނީ އެ ކުދިން ކުޑައިރެވެ. ސައިފް އޭގެ ފަހުން ކަރީނާ ކަަޕޫރާއި ކައިވެނި ކުރި ނަމަވެސް އަމްރިތާ އޭގެ ފަހުން މީހަކާ އިނދެފައެއް ނުވެ އެވެ.  

38%
ކަމުގޮސްފި
63%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް