ads
ނިކީ މިނާޖް--
ނިކީ މިނާޖް ދަރިފުޅުގެ ފޮޓޯއެއް ފުރަތަމަ ފަހަރަށް އާއްމުކޮށްފި
އެމެރިކާގެ ރެޕާ އަދި ލަވަކިޔުންތެރިޔާ ނިކީ މިނާޖް ބަލިވެއިންކަން އިއުލާނުކޮށްފަައި ވަނީ ޖުލައި މަހުގެ ތެރޭގަ އެވެ.

އުމުރުން 37 އަހަރުގެ ލަވަކިޔުންތެރިޔާ އެކަން އިއުލާނުކޮށް، ޕޯސްޓުކޮށްފައިވާ އިންސްޓަގްރާމް ފޮޓޯތަކުން ފެންނަ ގޮތުގައި އޭރު ނިކީގެ ބަނޑަށް މަދުވެގެން ހަތްމަސް ވަރު ވެދާނެ އެވެ.

އެއަށްފަހު މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު ނިކީ ވަނީ ފިރިހެން ކުއްޖަކު ވިހާފަ އެވެ. އޭގެ ފަހުން ގިނަ ބަޔަކު ދަރިފުޅުގެ ފޮޓޯއަކަށް އިންތިޒާރު ކުރަމުން ދަނިކޮށް ނިކީ އޭނާގެ ދަރިފުޅުގެ ފޮޓޮއެއް ހިއްސާކޮށްފައި ވަނީ ފިރިމީހާއަށް ފޮނުވި އެނިވާސަރީ ޕޯސްޓެއްގަ އެވެ. 

ނިކީ އިންސްޓާގައި ހިއްސާކުރި ޕޯސްޓުން ފެންނަނީ ހަމައެކަނި ދަރިފުޅުގެ ފައިން ބައެކެވެ. 

 

''ބޭންގް ބޭންގް'' އަދި ''އެނަކޮންޑާ'' ފަދަ ބޮޑެތި ލަވަތަކުން މަޝްހޫރުކަން ހޯދި ނިކީ ވަނީ 2019 ވަނަ އަހަރުގެ ތެރޭގައި އޭނާ ލަވަކިޔުމާއި ދުރަށްދާ ކަން އިއުލާނުކޮށްފަ އެވެ. އަދި އޭރު ބުނެފައި ވަނީ، ލަވަކިޔުމާ ދުރުވުމަށް ފަހު ބޭނުން ވަނީ އާއިލާއެއް ބިނާކުރަން ކަމަށެވެ. އެއާއެކު، ނިކީ ވަނީ 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެތެރޭ ލޯބިވެރިޔާ ކެނެތު ޕެޓީއާ ކައިވެނިކޮށްފަ އެވެ.

އެހެންނަމަވެސް އޭގެ ފަހުން ވެސް ނިކީ އެކި ލަވަތަކުން ފެނިގެންގޮސްފައި ވާއިރު ބަނޑުބޮޑު ދުވަސްވަރު ވެސް އޭނަ ވަނީ ބައެއް ލަވަތަކުން ފެނިގެންގޮސްފަ އެވެ.

ޓްރިނިޑާޑް އެންޑް ޓޮބަގޯގެ ސެންޓް ޖޭމްސް ސިޓީ އަށް އުފަން ނިކީގެ އަސްލު ނަމަކީ އޮނިކާ ތާންޔާ މަރާޖް އެވެ. އެމެރިކާގެ ނިއުޔޯކްގެ ކުއީންސް އަށް އުމުރުން ފަސް އަހަރުގައި އާއިލާ އާއެކު ހިޖުރަކުރި ނިކީ މިނާޖް މިއުޒިކް އިންޑަސްޓްރީގެ ދާއިރާ އަށް ވަދެފައި ވަނީ 2004 ވަނަ އަހަރު އެވެ.

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް