ads
ބަޔާން މިއުނިކް މޮޅުވީ 4-0 ން--
ޗެމްޕިއަންސް ލީގު: ޗެމްޕިއަން ބަޔާންއަށް ބޮޑު މޮޅެއް
ޗެމްޕިއަންސް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކުން ފުރަތަމަ މެޗުގައި ފަސޭހަ ކަމާ އެކު އެތްލެޓިކޯ މެޑްރިޑް ބަލިކޮށްފިއެވެ.

ބަޔާން އެތްލެޓިކޯ މެޗުން ބަޔާން މޮޅުވީ ހަތަރު ލަނޑު ސުން ލަނޑުންނެވެ. 

ބުދަ ދުވަހުގެ ރޭ ބަޔާންގެ ދަނޑުގައި ކުޅުނު މެޗުގައި ބަޔާންގެ ފުރަތަމަ ލަނޑާ ފަހު ލަނޑު ޖެހީ ކިންގްސްލީ ކޯމަން އެވެ. ދެވަނަ ލަނޑު ޖެހީ ލެއޯން ގޮރެޓްޒްކާ އެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން ތިންވަނަ ލަނޑު ޖެހީ ކޮރެންޓިން ޓޮލީސޯ އެވެ.

މި ދެ ޓީމުގެ ގްރޫޕް ސްޓޭޖުގެ ދެވަނަ ލެގު އޮންނާނީ އަންނަ ޑިސެމްބަރު މަހުގެ ތެރޭގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް