ads
މިނިސްޓަރު އަލީ ވަހީދު----
ޖިންސީ ފުރައްސާރަ މައްސަލާގައި އަލީ ވަހީދަށް ދައުވާ ކުރުމާ މެދު ގޮތެއް ނިންމުން އަންނަ ހަފްތާގައި
ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ކުރާ ޖިންސީ ފުރައްސާރައިގެ ތުހުމަތުގެ މައްސަލައާ ގުޅިގެން އަންނަ ހަފްތާގައި ގޮތެއް ނިންމުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.

އަލީ ވަހިދުގެ މައްސަލަ ތަހުގީގު ކުރުމަށް ފަހު ދައުވާކުރުމަށް ފުލުހުން ޕީޖީއަށް ފޮނުވާފައިވަނީ އޮކްޓޫބަރު ހަތްވަނަ ދުވަހު އެވެ. 

އެ މައްސަލައާ ގުޅޭ ގޮތުން ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން ޕީޖީ ހުސައިން ޝަމީމް ވިދާޅުވީ، އެ މައްސަލަ މިހާރު އޮތީ ފައިނަލް ސްޓޭޖްގައި ކަމަށެވެ. އެ މައްސަލަ ދިރާސާ ކުރަމުން އަންނަ ކަމަށާއި، އަންނަ ހަފްތާއަށް ގޮތެއް ނިންމޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް ޝަމީމް ވިދާޅުވި އެވެ.

އަލީ ވަހީދުގެ މައްޗަށް ޖިންސީ ފުރައްސާރައިގެ ސީރިއަސް ތުހުމަތުތަކެއް ކުރުމަށްފަހު ޓޫރިޒަމް މިނިސްޓްރީގެ ބައެއް މުވައްޒަފުން އެންމެ ފުރަތަމަ މައްސަލަ ހުށަހެޅީ ރައީސް އޮފީހަށާއި، ޖެންޑާ މިނިސްޓްރީއަށެވެ. އަދި އެ މައްސަލަ ފުލުހަށް ހުށަހެޅުމުން މަގާމުން އިސްތިއުފާ ދިނުމަށް އަލީ ވަހީދަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެންގެވި އެވެ. ނަމަވެސް މަގާމުން އިސްތިއުފާ ނުދިނުމުން ރައިސް ވަނީ އަލީ ވަހީދު މަގާމުން ދުރުކުރައްވާފަ އެވެ.

އެ މައްސަލާގައި އަލީ ވަހީދު ދިރިއުޅޭ ގެ ބަލާ ފާސްކޮށް ބައެއް ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެ އެވެ. އަދި މައްސަލައިގެ ތަހުގީގަށް އަލީ ވަހީދު ފުލުހަށްވެސް ހާޒިރުކޮށްފައިވެ އެވެ. 

ޖިންސީ ފުރައްސާރައިގެ ތުހުމަތުތައް އަލީ ވަހީދު ވަނީ ދޮގުކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް