ads
ރިއާލް މެޑްރިޑްގެ ކޯޗު ޒިދާން--
ޗެމްޕިއަންސް ލީގު: ރިއާލްގެ ފެށުން ބައްޔަކުން
ރެއާލް މެޑްރިޑުން ބައްޔަކާ އެކު ޗެމްޕިއަންސް ލީގު ފަށައިފިއެވެ. ރެއާލްގެ ފުރަތަމަ މެޗުގައި ބަލިވީ، ޔޫކްރޭނުގެ ޝަހުތަރު ޑޮނެސްކް އަތުން 3-2 އިންނެވެ.

ބުދަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ރިއާލް ބަލިވީ، ކޮވިޑާ ގުޅިގެން ޝަހުތަރު ޑޮނެސްޓްގެ މުހިއްމު ތޭރަވަރަކަށް ކުޅުންތެރިން ނުހިމަނައި ކުޅުނު ސްކޮޑެއް އަތުންނެވެ. ޗެމްޕިއަންސް ލީގުގެ ތާރީހުގައިވެސް އެންމެ ކާމިޔާބު ރިއާލް މެޑްރިޑު ކޮޅަށް ޝަހުތަރު ޑޮނެސްޓުންވަނީ ފުރަތަމަ ހާފުގެ ތެރޭގައި ތިން ގޯލް ޖަހާފައެވެ. ރިއާލްގެ ދެ ގޯލު ޖެހީ ދެވަނަ ހާފުގައެވެ.

ބުދަ ދުވަހުގެ ރޭގެ މެޗުގައި ޝަހުތަރުން ލީޑުނެގީ ޓެޓޭ ޖެހި ގޯލުންނެވެ. އޭގެ އިރުކޮޅެއް ފަހުން ރެއާލްގެ ރަފައެލް ވަރާން އަތުން ބައިކޮޅަށް ވަން ގޯލުން ޝަހުތަރުން ދޭއް ސުމަކަށް ނަތީޖާ ބަދަލު ކުރިއެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން މަނޯ ސަލްމޮން ވަނީ ލަނޑެއް ޖަހާފައެވެ.

ރެއާލުން ދެވަނަ ހާފުގައި ކުޅުން ރަނގަޅުކޮށް ފުރަތަމަ ގޯލް ޖެހީ ލޫކަ މޮޑްރިޗް އެވެ. ދެވަނަ ލަނޑު ޖެހީ ވިނީޝިއުސް ޖޫނިއާ އެވެ. ރިއާލުންވަނީ މެޗުގެ އިތުރު ވަގުތުގެ ފަހު މިނިޓްގެ ތެރޭގައި ތިންވަނަ ލަނޑެއް ވެސް ޖަހާފައެވެ. އެހެންނަމަވެސް ވީއޭއާރު ރެފްރީ ނިންމީ އެ ލަނޑު އޮފް ސައިޑް ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް