ads
2019 ވަނަ އަހަރު ތުރުކީގައި އޮތް ރޯޑް ޝޯ އެއްގެ ތެރެއިން-- ފޮޓޯ: އެމްއެމްޕީއާރުސީ
އިންޑިއާގެ ރޯޑް ޝޯއެއްގައި ރާއްޖެ އިޝްތިހާރުކޮށްފި
މިދިޔަ ސެޕްޓެމްބަރު މަހު އިންޑިއާގައި ކުރިއަށް ދިޔަ އައުޓްބައުންޑް ޓްރެވަލް ރޯޑް ޝޯގައި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، (އެމްއެމްޕީއާރުސީ) އިން ބައިވެރިވެއްޖެ އެވެ.

ސެޕްޓެމްބަރު މަހުގެ 23 ގައި ވާޗުއަލްކޮށް ކުރިއަށް ދިޔަ މި ރޯޑް ޝޯގައި އެމްއެމްޕީއާރުސީ އާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ކުންފުނިތަކުން ވަނީ ބައިވެރިވެފަ އެވެ. އެމްއެމްޕީއާރުސީ އިން މައުލޫމާތުދޭ ގޮތުގައި މި ރޯޑް ޝޯގައި ބައިވެރިވި އެހެނިހެން ގައުމުތަކުގެ ކުންފުނިތަކާއި ބައްދަލުކުރުމުގެ ފުރުސަތު ވަނީ ލިބިފަ އެވެ.

އެއް ދުވަހުގެ މުއްދަތަކަށް ކުރިއަށް ދިޔަ މި ރޯޑް ޝޯގައި އެކި ގައުމުތަކުގެ ކުންފުނިތަކާއި ބައްދަލުކޮށްލުމުގެ ފުރުސަތު ލިބިފައި ވަނީ ކޮވިޑް-19 ގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތް މަޑުޖެހިފައިވާ ދަނޑިވަޅެއްގައެވެ. އޯޓީއާރުގައި ބައިވެރިވި ހުރިހާ ކުންފުންޏަކަށް ވެސް ޕްރޮޑަކްޓް ޕްރެސެންޓޭޝަން ހުށަހެޅުމުގެ ފުރުސަތު ދީފައިވާ ކަމަށް އެމްއެމްޕީއާރުސީ އިން މައުލޫމާތު ދެއެވެ.

މިދިޔަ މަހު އެމްއެމްޕީއާރްސީ އިން ވަނީ އިންޑިއާގައި މާކެޓިންގެ އިތުރު ހަރަކާތްތައް ކުރިއަށް ގެންގޮސްފައެވެ. އޭގެ ތެރޭގައި ރޭޑިއޯ ކެމްޕެއިނާއި މީޑިއާ ފެމިލައަރައިޒޭޝަން ޓްރިޕް ހިމެނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް