ads
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް-- ފޮޓޯ: ރައީސް އޮފީސް
މުސްތަގުބަލް ބިނާ ކުރުމުގައި ޒުވާނުންގެ ވިސްނުންތައް ހިމަނަންޖެހޭނެ: ރައީސް ސޯލިހް
ދިވެހި ގައުމުގެ މުސްތަގުބަލާ މެދު ގޮތް ނިންމާއިރު ޒުވާނުންގެ ވިސްނުން ހިމަނަން ޖެހޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ގައުމީ ޒުވާނުންގެ ދުވަހުގެ ތަހުނިޔާ ދަންނަވަމުން ރައީސް ސޯލިހު ވިދާޅުވީ، ދިވެހި ގައުމު ކުރިއަށް ގެންދިއުމުގައި އެންމެ އިސް ދައުރެއް އަދާކުރަން ތިބި ބަޔަކީ ޒުވާނުން ކަމަށާއި، މުސްތަގުބަލު ބިނާކުރުމުގައި ޒުވާނުންގެ ދައުރު ބޮޑު ކަމަށެވެ. ސަރުކާރުގެ އަމާޒަކީ ޒުވާނުންގެ ގާބިލިއްޔަތުކަން އިތުރު ކުރުމަށް އެކި ދާއިރާތަކުން ކަންކަން ފަހިކޮށްދިނުން ކަމަށް ވެސް ވިދާޅުވި އެވެ. 

އެގޮތުން ސަރުކާރުގެ އަމާޒަކީ ޒުވާނުންގެ ގާބިލިއްޔަތުކަން އިތުރު ކުރުމަށް އެކި ދާއިރާތަކުން ކަންކަން ފަހިކޮށްދީ، މުޖުތަމައުގެ ކަންކަން ނިންމުމުގައި ޒުވާނުންގެ ހިއްސާ އިތުރުކޮށް އެކަންކަމުގައި ޒުވާނުންނަށް ބަސްބުނުމުގެ ފުރުސަތު އިތުރަށް ހޯދައިދެއްވުން ކަމަށް ރައީސް ވިދާޅުވި އެވެ.

ޒުވާނުންގެ ދުވަހުގެ ގޮތުގައި އޮކްޓޫބަރު 22 ވަނަ ދުވަސް ފާހަގަކުރުމަށް ނިންމާފައި ވަނީ މިދިޔަ އަހަރު އެވެ.

އެގޮތަށް ނިންމީ އޮކްޓޫބަރު މަހުގެ 22 ވަނަ ދުވަކީ މީގެ 12 އަހަރު ކުރިން، އުމުރުން 18 އަހަރުން މަތީގެ ކޮންމެ ދިވެހި ރައްޔިތަކަށް އިންތިހާބުތަކާއި، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓުތަކުގައި ވޯޓު ދިނުމުގެ ހައްގު ދިނުމަށާއި، އެކިއެކި މަގާމުތަކަށް ޒުވާނުންނަށް ކުރިމަތިލުމުގެ ހައްގު ދިނުމަށް ރައްޔިތުންގެ ހާއްސަ މަޖިލީހުން ފާސްކުރި ދުވަސް ކަމަށް ވުމުންނެވެ. 

މިއަހަރުގެ ޒުވާނުންގެ ގައުމީ ދުވަހުގެ ޝިއާރަކީ ''ޒުވާނުންނާއި ސުލްހަ މަސަލަސްކަން'' މިއެވެ.  

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް