ads
ކުރިން އަތުލައިގަތް މަސްތުވާތަކެތި--
ޕާޓީ ޑްރަގާއެކު މާލޭގެ ގެޔަކުން ދެ މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ޕާޓީ ޑްރަގާއި އެހެން ބާވަތްތަކުގެ މަސްތުވާތަކެއްޗާއެކު ދެ މީހަކު މާލޭގެ ގެޔަކުން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ކޯޓު އަމުރެއްގެ ދަށުން މައްޗަންގޮޅި ގެޔެއް ބަލާ ފާސްކޮށް، ހައްޔަރު ކުރީ 27 އަހަރުގެ ފިރިހެނަކާއި 30 އަހަރުގެ އަންހެނެއް ކަމަށެވެ. 

އެ ގެއިން ފުލުހުން ވަނީ 841 ގުޅަ ޕާޓީ ޑްރަގު އަތުލައިގެންފަ އެވެ. އޭގެ އިތުރުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ހަތަރު ޖޫސްޕެޓީ ކޮތަޅާއި 75 ރަބަރު ޕެކެޓު ފެނިފައި ވެއެވެ.

ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް