ads
އެމެރިކާ އާއި ރާއްޖެއާ ދެމެދު އެކުލަވާލެވުނު ފްރޭމްވޯކްގައި ސޮއިކުރަނީ-- ފޮޓޯ: ޑިފެންސް މިނިސްޓްރީ ޓްވިޓާ
އެއްބަސްވުމުގެ ސަބަބުން ދިވެހި ސިފައިންގެ ގާބިލްކަން އިތުރުވާނެ: ސަފީރު ޓެޕްލިޒް
ރާއްޖެއިން އެމެރިކާ އާއެކު ސޮއިކުރި "ޑިފެންސް އެންޑް ސެކިއުރިޓީ ރިލޭޝަންޝިޕް" ފްރޭމްވޯކް އެއްބަސްވުމުގެ ސަބަބުން ދިވެހި އަސްކަރިއްޔާގެ ގާބިލްކަން އިތުރުވާނެ ކަމަށް އެމެރިކާ ސަފީރު އެލެއިނާ ޓެޕްލިޒް ވިދާޅުވެއްޖެ އެވެ.

ރާއްޖެ އާއި އެމެރިކާގެ ދިފާއީ އަދި ސަލާމަތީ ގުޅުން އިތުރަށް ވަރުގަދަކުރުމަށްޓަކައި ދެގައުމުގެ ސަރުކާރުން ގުޅިގެން ފްރޭމްވޯކްއެއް އެކުލަވާލާ އެ އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ މަހު އެވެ. 

"ނިކީ އޭޝިއަން ރިވިއު" އަށް ދެއްވި އިންޓަވިއުގައި ޓެޕްލިޒް ވިދާޅުވީ އެ އެއްބަސްވުމުގެ ސަބަބުން އެމެރިކާއިން އުފައްދާފައިވާ "އިންޑޯ ޕެސިފިކް އެލަޔަންސް" ގެ މެމްބަރަކަށް ރާއްޖެ ވުމަށް މަގުފަހިވާނެ ކަމަށެވެ.

އެމެރިކާއިން އިންޑޯ ޕެސިފިކް އެލަޔަންސް އުފެއްދީ އިންޑިއާ އަދި ޕެސިފިކް ކަނޑުގައި ޗައިނާގެ ނުފޫޒު ފަތުރާ ކަމަށް ބުނެ، އެ މަސައްކަތަށް ހުރަސް އެޅުމަށެވެ.

އިންޑޯ ޕެސިފިކް އެލަޔަންސްގެ މެމްބަރަކަށް ވުމަށް ރާއްޖެއަށް މަގުފަހިވެފައިވާ ކަމަށް ސަފީރު ވިދާޅުވެފައި ވާއިރު، އަންނަ ބުދަ ދުވަހު އެމެރިކާގެ ފޮރިން ސެކެޓްރީ މައިކަލް ޕޮމްޕިއޯ ރާއްޖެ ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް