ads
ރާއްޖޭގައި ފަތުރުވެރިންތަކެއް--
އަންނަ އަހަރު އަންނާނެކަމަށް އަންދާޒާކުރެވެނީ 725،000 ފަތުރުވެރިން: މިނިސްޓަރު
އަންނަ އަހަރު ރާއްޖެއަށް އަންނާނެކަމަށް އަންދާޒާކުރެވެނީ 725،000 ފަތުރުވެރިން ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ރޭ ސަންގު ޓީވީން ގެނެސްދިން ހަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޑރ. މައުސޫމް ވިދާޅުވީ ރާއްޖެއަށް 725،000 ފަތުރުވެރިން އަންނާނެކަމަށް އަންދާޒާކުރީ ފަތުރުވެރިކަމުގެ ދާއިރާގައި އުޅޭ އިސްފަރާތްތަކާއި ގުޅިގެން 2021 ވަނަ އަހަރުގެ ބަޖެޓަށް ކުރި ދިރާސާގެ ތެރެއިން ކަމަށެވެ. މިއީ މިދިޔަ އަހަރު ރާއްޖެ އައި ފަތުރުވެރިންގެ އަދަދަށްވުރެ ދެބައިކުޅަ އެއްބައި މަދު އަދަދެކެވެ.

މީގެ އިތުރުން އެހެން ގައުމުތަކާއި އަޅާ ބަލާއިރު، ރާއްޖޭގެ ފަތުރުވެރިކަން މި އަހަރުވެސް ރަނގަޅުވާނެކަމަށް ޑރ. މައުސޫމް ވިދާޅުވިއެވެ. އެގޮތުން މިހާރުވެސް ޓޫރިސްޓުންގެ ބެޑް ކެޕޭސިޓީގެ 50 އިންސައްތައަށް ވުރެ ގިނަ އެނދު އޮޕަރޭޝަންގައި ހުރިކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

އިމިގްރޭޝަންގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި މަހުގެ ފުރަތަމަ 15 ދުވަހު 8،350 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެ އެވެ.

ރާއްޖޭގެ ތާރީހުގައި މިހާތަނަށް އެންމެ ގިނައިން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައި ވަނީ މިދިޔަ އަހަރުގަ އެވެ. އެއީ 1.7 މިލިއަން ފަތުރުވެރިންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް