ads
މިނިސްޓަރު ޝާހިދު--
ރާއްޖެއާއި ކޮރެއާގެ ގުޅުން ބަދަހިކުރަން ދެ ގައުމުގެ ފޮރިން މިނިސްޓަރުން މަޝްވަރާކޮށްފި
ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އާއި ސައުތު ކޮރެޔާގެ ފޮރިން މިނިސްޓަރު ކާން ކްޔޫން-ވާ ފޯނުން ގުޅުއްވާއި، ދެ ގައުމުގެ ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވައިފި އެވެ.

މިއަދު މިނިސްޓަރު ޝާހިދު ކޮރެއާގެ މިނިސްޓަރު ކާން އާއި ގުޅުއްވައި ދެއްކެވި ވާހަކަގައި ދެކުނު ކޮރެއާ އާއި ރާއްޖެއާއި ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރެވެން ހުރި ކަންތައްތަކާއި ބެހޭގޮތުން މަޝްވަރާކުރެއްވި ކަމަށް މިނިސްޓްރީން ބުނެ އެވެ. 

މީގެ އިތުރުން ކޮވިޑް-19 ގެ ސަބަބުން ރާއްޖެއަށް ދިމާވެފައިވާ ދަތިތަކާއި، އެ ދަތިތަކުން އަރައިގަތުމަށްޓަކައި ކުރެވެމުންދާ މަސައްކަތްތަކާއި ބެހޭ ގޮތުން މިނިސްޓަރު ޝާހިދު ވާހަކަ ދެއްކެވި އެވެ. އަދި ކޮވިޑް-19 ކޮންޓްރޯލް ކުރުމަށްޓަކައި ރާއްޖޭގައި އަޅާފައިވާ ފިޔަވަޅުތަކާއި މެދުވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވި އެވެ.

ދެ ބޭފުޅުންވެސް ވަނީ ދެ ގައުމު ގުޅިގެން މަސައްކަތްކުރެވޭނެ ދާއިރާތަކާއި މެދު މަޝްވަރާކުރައްވައިފައެވެ. 1966 ވަނަ އަހަރުން ފެށިގެން ދެކުނު ކޮރެޔާ އާއި ރާއްޖެއާއި ދެމެދު އަންނަނީ ގުޅުންތައް ބާއްވަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް