ads
އެޑޭލް--
"ސަޓަޑޭ ނައިޓް ލައިވް" ހޯސްޓު ކުރަން އެޑޭލް ހުރީ ތައްޔާރަށް
މަޝްހޫރު ލަވަކިޔުންތެރިޔާ އެޑޭލް މަސައްކަތް ކުރަމުން ދަނީ އޭނާގެ ލަވަކިޔުމުގެ ހުނަރުގެ އިތުރުން ހުށަހެޅުމުގެ ހުނަރުން ވެސް ފޭނުން ހައިރާންކޮށްލުމަށެވެ.

އެގޮތުން ގިނަ ބައެއްގެ ތެރޭގައި މަގްބޫލް "ސަޓަޑޭ ނައިޓް ލައިވް" ޝޯގެ ހޯސްޓުގެ ގޮތުގައި އެ ޝޯ ހުށަހަޅައިދޭނީ އެޑޭލް އެވެ. މިއީ އޭނާ މި ޝޯ ހުށަހަޅައިދޭ ފުރަތަމަ ފަހަރެވެ.

ނަމަވެސް މިއީ އޭނާ މި ޝޯއަށް އަރާ ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން އެޑޭލް ވަނީ ގެސްޓެއްގެ ގޮތުގައި ވެސް "ސަޓަޑޭ ނައިޓް ލައިވް" ގައި ބައިވެރިވެފަ އެވެ. 

ޝޯ ހުށަހަޅައިދިނުމަށް ތައްޔާރުވަމުންދާ މަންޒަރު ފެންނަ ފޮޓޯއެއް އެޑޭލް ވަނީ އިންސްޓަގްރާމްގައި ހިއްސާކޮށްފަ އެވެ. އެ ފޮޓޯއިން ފެންނަނީ މާސްކެއް އަޅައިގެން ޝޯގެ ސްކްރިޕްޓް ކިޔަން އޭނާ އިންނަ މަންޒަރެވެ. 

ފޮޓޯގެ ކެޕްޝަނުގައި ލިޔެފައި ވަނީ "ބާކީ ތިން ދުވަސް" މިހެންނެވެ. 

އެޑޭލް އެންމެ ފުރަތަމަ "ސަޓަޑޭ ނައިޓް ލައިވް" އަށް އެރީ ގެސްޓެއްގެ ގޮތުގައި 2008 ވަނަ އަހަރު އެވެ. އިނގިރޭސިވިލާތަށް ނިސްބަތްވާ އެޑޭލް ބުނެފައި ވަނީ އެމެރިކާގައި އޭނާއަށް މަގްބޫލުކަން ލިބުނީ އެ ޝޯގެ ސަބަބުން ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް