ads
ފޮޓޯ: ރައީސް އޮފީސް
ކެންސަރަށް ފަރުވާ ހޯދަން ހުރި ދަތިތަކަށް ހައްލެއް ހޯދަން މަޝްވަރާކޮށްފި
ރާއްޖޭގައި ކެންސަރަށް ފަރުވާހޯދާ ފަރާތްތަކަށް ކުރިމަތިވާ ދަތިތަކަށް ޙައްލު ހޯދުމާއި ގުޅޭގޮތުން ނައިބް ރައީސް ފައިސަލް ނަސީމް އާއި ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސްގެ އިސްވެރިންާއި ސަރުކާރުގެ ކަމާއި ގުޅޭ އިދާރާތަކުން ބައްދަލުކުރައްވާ، މަޝްވަރާކޮށްފި އެވެ.

މިއަދު މެންދުރުފަހު ރައީސް އޮފީހުގައި ބޭއްވެވި އެ ބައްދަލުކުރެއްވުމުގައި، ނައިބް ރައީސް ވަނީ ކެންސަރު ބައްޔާމެދު އާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމާއި، ކެންސަރު ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންނަށް ކެންސާ ސޮސައިޓީން ފޯރުކޮށްދޭ އެހީތެރިކަން ފާހަގަކުރައްވައި އެ ޖަމުއިއްޔާގެ އިސްވެރިންނަށް ޝުކުރު އަދާކުރައްވާފަ އެވެ.

ނައިބު ވަނީ، ކެންސަރު ބައްޔާއި އަދި އެ ނޫން ވެސް އެ ފަދަ ބަލިތަކަށް ފަރުވާ ހޯދާ ފަރާތްތަކަށް ބޭނުންވާ ބޭސްފަރުވާގެ ކަންކަމަށް މިހާރަށްވުރެ ފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުމާ ގުޅޭގޮތުން ބައްދަލުކުރެއްވުމުގެ ބައިވެރިންނާއެކު މަޝްވަރާކުރައްވާފައި ކަމަށް ރައީސް އޮފީހުން ބުނެ އެވެ. އަދި ފަރުވާ ހޯދުމުގައި ބަލިމީހުންނަށް މިހާރު ކުރިމަތިވާ ދަތިތައް ހައްލުކުރުމުގައި ކަމާގުޅޭ ފަރާތްތައް ގުޅިގެން މަސައްކަތްކޮށްދެއްވުމަށް އެ މަނިކުފާނު އެދިވަޑައިގެންނެވި އެވެ.

އެ ބައްދަލުކުރެއްވުމުގައި ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސްގެ ފަރާތުން ވަނީ ކެންސަރު ބައްޔަށް ފަރުވާހޯދާ މީހުންނަށް ކުރިމަތިވާ ދަތިތަކާ ގުޅޭގޮތުންނާއި، އެ ބައްޔާމެދު އާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން އެ ޖަމިއްޔާއިން ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ހިއްސާކޮށްފަ އެވެ. އަދި އެ ބައްދަލުކުރެއްވުމުގައި ބައިވެރިވެ ވަޑައިގެންނެވި ސިއްހީ ދާއިރާގެ އިސްވެރިން ވަނީ ކެންސަރު ބަލީގެ ފަރުވާގެ ކަންކަމާ ގުޅޭގޮތުން އެ ބޭފުޅުން ތަމްސީލުކުރައްވާ އިދާރާތަކުން ކުރަމުންގެންދާ މަސައްކަތްތަކާއި، އަދި މިހާރު ކުރިމަތިވާ ދަތިތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް