ads
ފުލުހުންގެ މައި މަރުކަޒު، ޝަހީދު ހުސައިން އާދަމް ބިލްޑިން
ޓޫރިޒަމް މިނިސްޓްރީގެ ބައްދަލުވުމެއްގައި ބަދުއަހުލާގީ މަންޒަރު ދެއްކި މައްސަލައެއް ބަލަނީ
ޓޫރިޒަމް މިނިސްޓްރީން ބޭއްވި އޮންލައިން ބައްދަލުވުމެއްގައި ބަދުއަހްލާގީ މަންޒަރުތަކެއް ދެއްކި މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުން މިރޭ ބުނީ އެ މިނިސްޓްރީން ބޭއްވި އޮންލައިން ބައްދަލުވުމެއްގައި ބައިވެރިވި މީހަކު ބަދުއަހުލާގީ މަންޒަރުތަކެއް ދެއްކި މައްސަލައެއް މިއަދު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. 

އަދި އެ މައްސަލަ ފުލުހުން ތަހުގީގުކުރަމުން އަންނަ ކަމަށް ބުނެ އެވެ. އެ މައްސަލައިގައި އިތުރު އެއްޗެއް ފުލުހުން ހާމައެއް ނުކުރެ އެވެ. 

މައުލޫމާތު ލިބޭ ގޮތުގައި ބަރަހަނާ މަންޒަރުތަކެއް ބައިވެރިއަކު އަޅުވާފައި ވަނީ ޒޫމް މެދުވެރިކޮށް ބޭއްވި ހއ. އުލިގަން ޓޫރިޒަމް މަޝްރޫއާ ބެހޭ މައުލޫމާތުދޭން ބޭއްވި ޕްރީބިޑް ބައްދަލުވުމުގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް