ads
ދަރުމަވަންތަ ހޮސްޕިޓަލް--- ފޮޓޯ:ސީއެންއެމް
އައިޖީއެމްއެޗާ ދިމާ މޫދުން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިއްޖެ
އައިޖީއެމް ހޮސްޕިޓަލާ ދިމާ ބޭރު މޫދުން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިއްޖެ އެވެ.

ފުލުހުން ބުނެފައިވަނީ އައިޖީއެމް ހޮސްޕިޓަލާ ދިމާ ބޭރު މޫދުގައި މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު އޮތްކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެންދުނު 10:40 ހާއިރު ކަމަށެވެ. 

މަރުވެފައި އޮށްވާ ފެނިފައިވަނީ 31 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެހެން ނަމަވެސް އެމީހާއާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުންނެއް ނުދެ އެވެ. 

ފުލުހުން ބުނެފައިވަނީ އެމީހާގެ ހަށިގަނޑު އައިޖީއެމްއެޗްއަށް ގެންގޮސްފައިވާކަމަށާއި، އެ މައްސަލައާއި ގުޅޭގޮތުން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް