ads
ދިރާގުގެ ހެޑް އޮފީސް
ކަރަންޓު ކެނޑުމުން ދިރާގުގެ މޯބައިލް ހިދުމަތަށް ބުރޫއަރާފާނެ
މުޅި މާލެއިން މިއަދު ކަރަންޓު ކެނޑުމާއި ގުޅިގެން މާލޭގައި ދިރިއުޅޭ ދިރާގު މޯބައިލް ސާވިސް ހޯދާ ފަރާތްތަކަށް ހިދުމަތް ހޯދުމުގައި ދަތިތަކެއް ކުރިމަތިވެދާނެ ކަމަށް ދިރާގުން ބުނެފި އެވެ.

މިއަދު ހެނދުނުން ފެށިގެން މާލޭގެ ހުރިހާ ސަރަހައްދުތަކުން ކަރަންޓު ކެނޑުން ނަމަވެސް ދިމާވި މައްސަލަ ހައްލުކޮށް ސްޓެލްކޯ އިން މިހާރު ވަނީ މުޅި މާލެއަށް ކަރަންޓު ފޯރުކޮށްދޭން ފަށާފަ އެވެ.

އެކަމާއި ގުޅިގެން ދިރާގުން ކުރި ޓްވީޓެއްގައި ބުނީ މާލެއިން މިއަދު ކަރަންޓު ކެޑުމާއި ގުޅިގެން އެކުންފުނިން މޯބައިލް ސެލް ސައިޓްތައް އޮޕަރޭޓް ކުރަމުންދަނީ ބެކަޕް ބެޓަރިއާއެކު ކަމަށެވެ. 

އެކަމަކު ގިނަ އިރުތަކެއް ވަންދެން ކަރަންޓު ދިޔުމުގެ ސަބަބުން ސެލް ސައިޓްތައް ފެއިލްވެ، ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ދިރާގުން ބުނެ އެވެ.

ސްޓެލްކޯ އިން ބުނާ ގޮތުގައި މާލެއިން ކަރަންޓު ކެނޑިފައިވަނީ ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް