ads
ކެޓީ ޕްރައިޒް--
ރާއްޖޭގައި ހޭދަކުރާ ޗުއްޓީ ނިންމާ ގޮތަށް ކެޓީ ޕްރައިޒް ދާނީ ތުރުކީއަށް ދަތް ޖަހަން!
ކުރީގެ މޮޑެލް، ކެޓީ ޕްރައިޒް އޭނާގެ ލޯބިވެރިޔާ ކާލް ވުޑްއާއެކު ރާއްޖޭގައި މިވަގުތު ޗުއްޓީ ހޭދަކުރަމުންދާއިރު މި ޗުއްޓީގެ ތެރެއިން މިވަނީ ކެޓީގެ މަސްނޫއީ ދަތްތައް ވެއްޓިފަ އެވެ. މަސްނޫއީ ދަތްތައް ވެއްޓުމުން ހުންނަ ގޮތް ވެސް ދައްކާލާފައިވާއިރު ފެނިގެންދަނީ ދަތްތައް ވަރަށް ބޮޑަށް ހަލާކުވެފައިވާ މަންޒަރެވެ.

އެކަމެއް ކުރިމަތިވެފައި މިވަނީ މީގެ ހަފުތާއެއްހާ ދުވަސްކުރިން އިޓަލީން ދަތް ޖަހައިގެން ރާއްޖެއަށް ޗުއްޓީ ހޭދަކޮށްލުމަށް އައިތަނާހެންނެވެ. 

ދަތްތައް ވެއްޓުމުގެ ކުރިން ކެޓީގެ ލޯބިވެރިޔާ ކާލް، އޭނާގެ އިންސްޓަގްރާމު މެދުވެރިކޮށް ހިއްސާކުރި ވީޑިއޯގައި ފެނިގެންދަނީ ކެޓީގެ އިތުރުން އެމީހުންނާއެކު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާ މީހުންގެ ހުދު ދަތްތަކެވެ.

ކެޓީއާ ގަތް ފަރާތަކާއި ހަވާލާދީ ބޭރުގެ ނޫސްތަކުން ބުނާ ގޮތުގައި ރާއްޖޭގައި މިހޭދަކުރާ ޗުއްޓީ ނިންމާލާ ގޮތަށް އޭނާ އެނބުރި ދާނީ ތުރުކީ އަށެވެ. އަދި އަލުން ދަތްތައް ރަނގަޅުކުރާނެ އެވެ. 

ރިޕޯޓުތައް ބުނާ ގޮތުގައި މިދިޔަ ޖުލައި މަހުގެ ތެރޭގައި ކެޓީގެ އިތުރުން އޭނާގެ ލޯބިވެރިޔާ ކާލް ވެސް ވަނީ އެއް ވައްތަރެއްގެ މަސްނޫއީ ދަތްތަކެއް ޖަހާފަ އެވެ. 

ކެޓީ އާއި އޭނާގެ ލޯބިވެރިޔާ ރާއްޖޭގައި ހޭދަކުރާނީ ކިހާ މުއްދަތެއްކަން ނޭނގުނަސް ރިޕޯޓުތައް ބުނާ ގޮތުންނަމަ އެމީހުން ރާއްޖެއަށް އައީ ދަރިއަކު ހޯދާށެވެ. 

އުމުރުން 42 އަހަރުގެ ކެޓީއަކީ ލަވަކިޔުންތެރިއެއްގެ އިތުރުން ވިޔަފާރިވެރިއެއް ވެސް މެެއެވެ.

80%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް