ads
އެމިރޭޓްސް
ދެ އެއާލައިންއަކުން ރާއްޖެއަށްކުރާ ދަތުރުތައް އިތުރުކުރަނީ
އޭރޯފްލޮޓް އަދި އެމިރޭޓްސްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަން ނިންމާފައިވާކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮންޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފި އެވެ.

އެމްއޭސީއެލްއިން ބުނީ ރާއްޖެއަށްކުރާ ދަތުރުތަކުގެ ތެރެއިން އޭރޯފްލޮޓް އަދި އެމިރޭޓްސްއިން ކުރާ ދަތުރުތައް މިމަހު އިތުރުކުރަން ނިންމާފައިވާކަމަށެވެ.

އެގޮތުން މިހާރު ހަފްތާގެ ދެދުވަހަށް ރާއްޖެއަށް ދަތުރުތައް ބާއްވަމުން އަންނަ އޭރޯފްލޮޓްގެ ދަތުރުތައް މިމަހުގެ 26 ވަނަ ދުވަހުން ފެށިގެން އިތުރު ދެދުވަހު ބާއްވާގޮތައް ވަނީ ނިންމާފައެވެ. އެއާއެކު އޭރޯފްލޮޓްގެ ދަތަރުތައް ހަފްތާއަކު ހަތަރު ދުވަހު ބާއްވާނެއެވެ. އެއީ ހުކުރުދުވަހާއި އާދިއްތަ ދުވަހުގެ އިތުރުން ހޯމަ އަދި ހޮނިހިރު ދުވަހެއެވެ.

އޭގެ އިތުރުން މިހާރު ހަފްތާގެ ހަތް ދުވަހު ރާއްޖެއަށް ދަތުރުތައް ބާއްވަމުން އަންނަ އެމިރޭޓްސްގެ ދަތުރުތައް ވެސް މިމަހުގެ 25 ވަނަ ދުވަހުން ފެށިގެން އިތުރު ތިންދުވަހު ބާއްވާގޮތަށް ވަނީ ނިންމާފަ އެވެ. އެއާއެކު ހަފްތާއަކު އެމިރޭޓްސްގެ ދިހަ ފްލައިޓް ރާއްޖެއާއި ދެމެދު ދަތުރުކުރާނެއެވެ. އެއީ އާއްދިއްތަދުވަހާއި ހޯމަދުވަހުގެ އިތުރުން ބުދަ ދުވަހެއެވެ. 

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށް ފަހު ޖުލައި 15 ވަނަ ދުވަހު އަލުން ބޯޑަރު ހުޅުވާލި ފަހުން އޭރޯފްލޮޓުން ރަޝިޔާއާއި ރާއްޖެއާއި ދެމެދު ދަތުރުތައް ފަށާފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހުއެވެ. އަދި އެމިރޭޓްސްގެ ދަތުރުތައް ފަށާފައިވަނީ ޖުލައި މަހުގެ 16 ވަނަ ދުވަހުއެވެ. 

އޭގެ އިތުރުން މިމަހުގެ ތެރޭގައި އިތުރު ތިން އެއާލައިންއަކުން ރާއްޖެއަށް އަލުން ދަތުރުތައް ފެށުމަށް ހަމަޖެހިފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް