ads
ކުރީގެ ހައުސިން މިނިސްޓަރު މުއިއްޒު-- ފޮޓޯ: ސަން
ގްރޭޓާ މާލެ ކަރަންޓު މައްސަލައިގެ ދާއިމީ ހައްލަކީ އިންޓަކަނެކްޝަން ގްރިޑް ޕްރޮޖެކްޓް: ޑރ. މުއިއްޒު
ގްރޭޓާ މާލެ ސަރަހަށްދުގެ ކަރަން މައްސަލައިގައިގެ ދާއިމީ ހައްލަކީ "ގްރޭޓާ މާލޭ އިންޓަކަނެކްޝަން ގްރިޑް ޕްރޮޖެކްޓް"ގެ މަސައްކަތް އަވަހަށް ނިންމުން ކަމަށް، ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ސްޓެލްކޯގެ ކަރަންޓުގެ ހިދުމަތަށް ބުރޫއަރައި މިއަދު ހެނދުނު މުޅި މާލެއިން ވަނީ ތިން ގަޑިއިރަށް ކަރަންޓު ކެނޑިފައެވެ. މާލެ ސިޓީން ކަރަންޓު ކެނޑުނީ މިއަދު ހެނދުނު 08:30 ހާއިރުއެވެ. ސްޓެލްކޯއިން މައުލޫމާތުދިން ގޮތުގައި އެންމެ ފުރަތަމަ ދިމާވި މައްސަލަ ހައްލުކޮށް މާލޭގެ %80 އަށް ކަރަންޓު ދެވިފައި ވަނިކޮށް ދެވަނަ ފަހަރަށް މުޅި މާލެއިން ކަރަންޓު ކެނޑުނީ ޑިސްޓިރިބިއުޝަން ނެޓްވޯކަށް މައްސަލައެއް ދިމާވެގެންނެވެ. 

މިކަމާއި ގުޅިގެން ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މާލެ ސަރަހައްދަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައިގެ ދާއިމީ ހައްލަކީ، މީގެ ތިން އަހަރު ކުރިން ފަށާފައިވާ މާލެ، ހުޅުމާލެ އަދި ވިލިމާލެ ކަރަންޓުގެ ވިއުގައަކުން ގުޅާލާ "ގްރޭޓާ މާލޭ އިންޓަކަނެކްޝަން ގްރިޑް ޕްރޮޖެކްޓް"ގެ މަސައްކަތް ވީއެންމެ އަވަހަކަށް ނިންމާލުން ކަމަށެވެ. އަދި މިމަސައްކަތުގެ އިތުރުން، މާލޭ އިންޑަސްޓްރިއަލް ޒޯންއިން ސްޓެލްކޯއަށް ދީފައިވާ ބިމުގައި އަޅަން ހަވާލުކުރި ޕަވާހައުސް ގާއިމްކުރުން ކަމަށެވެ. 

ކުރީ ސަރުކާރުން ފަށާފައިވާ މި ޕްރޮޖެކްޓުގެ މަސައްކަތް، ކޮވިޑް-19 އާ ގުޅިގެން ބޭރުން ގެންނަންޖެހޭ ބައެއް ތަކެތި ގެނައުމުގައި ދަތިތަކެއް އުޅުމުގެ ސަބަބުން، މަސައްކަތް މަޑުޖެހުނު ނަމަވެސް މިހާރު އެތަކެތި ގެނެސް މަސައްކަތް ދަނީ ބާރަށް ކުރިއަށެވެ.

މި ޕްރޮޖެކްޓުގެ ދަށުން 18 ކިލޯމީޓަރުގެ ސަރަހައްދެއްގައި އަޅާ ކޭބަލް އަކީ 100 މެގަވީޓްގެ ކަރަންޓު ޓްރާންސްފާ ކުރެވޭވަރުގެ ކޭބަލެވެ. އަދި މާލެ އާއި ހުޅުލެ އަދި ހުޅުމާލޭގައި ޖުމްލަ ހަ ޓްރާންސްފޯމަރު ބަހައްޓާނެއެވެ. މިއީ ރާއްޖޭގައި ހިންގާ ހަކަތައިގެ އެންމެ ބިޔަ ޕްރޮޖެކްޓެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް