ads
އައިޖީއެމްއެޗް----- ފޮޓޯ: ސީއެންއެމް
މަރުވި ސަބަބު ނޭނގޭތީ މަރުވެފައި އޮއްވާ ފެނުން މީހާގެ ޕޯސްޓްމޯޓަމް ހަދަނީ
އައިޖީއެމް ހޮސްޕިޓަލާ ދިމާ ބޭރު މޫދުން މަރުވެފައި އޮއްވާ ފެނުނު މީހާ މަރުވި ސަބަބު ޔަގީންކުރުމަށް ޕޯސްޓްމޯޓަމް ހަދަން ނިންމައިފި އެވެ.

ފުލުހުން ބުނީ ގުދުރަތީ މަރެއްކަން ކަށަވަރު ކުރެވިފައި ނުވާތީ ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން ކަމަށާއި އެގޮތުން ޕޯސްޓްމޯޓަމް ހެދުމަށް ކުރަންޖެހޭ ކަންކަންކުރުމަށްޓަކައި މިވަގުތު ހަށިގަނޑުވަނީ މޯޗަރީގައި ކަމަށެވެ. 

ފުލުހުން މިއަދު ހެނދުނު ބުނީ އައިޖީއެމްއެޗާ ދިމާ ބޭރު މޫދުގައި މަރުވެފައިވާ މީހެއްގެ ހަށިގަނޑު އޮތްކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދުނު 10:40 ހާއިރު ކަމަށެވެ. 

މަރުވެފައި އޮށްވާ ފެނިފައިވަނީ 31 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެހެން ނަމަވެސް އެމީހާއާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުންނެއް ނުދެ އެވެ. 

އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލް މިރޭ ސީއެންއެމްއަށް ވިދާޅުވި ގޮތުގައި މަރުވެގެން ހޮސްޕިޓަލަށް ގެންދެވުނު މީހާގެ ހަށިގަނޑުގައި ކޮންމެވެސް ވަރަކަށް އަނިޔާގެ ނިޝާންތައް ވެސް ހުއްޓެވެ. 

އެމީހާ މޫދަށް އެއްލާލާފައި ވަނީ މަރާލާފައި ކަމަށް ވެސް އަޑުތައް އަރަ އެވެ. އެކަމަކު މިހާތަނަށް ފުލުހުން އެކަމާއި ގުޅިގެން ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް