ads
ބިދޭސީ މީހަަކު ގައިން ސާމްޕަލް ނަގަނީ-- ފޮޓޯ: ސީއެންއެމް
އިތުރު 33 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ
ރާއްޖެއިން އިތުރު 33 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކުރި މައުލޫމާތުގައިވާ ގޮތުން މިއަދު ޕޮޒިޓިވްވި 33 މީހުންގެ ތެރޭގައި ހިމެނެނީ 20 ދިވެއްސަކާއި 13 ބިދޭސީއެކެވެ. 

އަދި އޭގެ ތެރެއިން 24 މީހަކު މާލޭ ސަރަހައްދުން ޕޮޒިޓިވްވިއިރު ނުވަ މީހަކު ޕޮޒިޓިވްވެފައި ވަނީ އަތޮޅު ތެރެއިންނެވެ. 

އެޗްޕީއޭ އިން ބުނި ގޮތުގައި ޕޮޒިޓިވްވި 33 މީހުންނަކީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ނެގި 1570 ސާމްޕަލުން ޕޮޒިޓިވްވި މީހުންނެވެ. މިހާރު ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު 11،391 އަށް އަރާފައިވާއިރު ރަނގަޅުވި މީހުންގެ އަދަދު އުޅެނީ 10،428 ގަ އެވެ. 

މިހާރު އައިސޮލޭޝަން ފެސިލިޓީތަކުގައި 329 މީހަކު ތިބިއިރު އެކްޓިވް ކޭސްތަކުގެ އަދަދު ވެސް ވަނީ 919 އަށް ތިރިވެފަ އެވެ. އަދި ހޮސްޕިޓަލުގައި ފަރުވާދެމުންދާ މީހުންގެ އަދަދު 38 ގައި އުޅޭއިރު ރާއްޖެއިން އެ ބަލީގައި މަރުވެފައި ވަނީ 37 މީހެެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް