ads
ސުޖާއު--
ރިލްވާން މައްސަލައިގައި މިނިސްޓަރު އިމްރާން ޖަވާބުދާރީ ކުރުވަންޖެހޭ: ސުޖާއު
ރިލްވާން މައްސަލާގެ ހެކި ހުރިކަމަށްބުނެ ފަހުން އެތަކެތި ފުލުހުން އަތުލާފައިވާކަމަށް، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވި މައްސަލާގައި، މިހާރުން މިހާރަށް މިނިސްޓަރު ޖަވާބުދާރީ ކުރުވަން ޖެހޭކަމަށް ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ކޯލިޝަނުން ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަމުން، ޝުޖާއު ވިދާޅުވީ މިސަރުކާރުން ވެރިކަމާއި ހަވާލުވީ، ރައްޔިތުންނަށް ގިނަ ވައުދުތަކެއް ވެގެން ކަމަށާއި، ގެއްލުވާލާފައިވާ މީހުންނާއި، މާރާލާފައިވާ މީހުންގެ މައްސަލަތަށް ބަލައި އިންސާފު ހޯދައިދިނުން އެއީ އޭގެތެރެއިން އެއް ވައުދުކަމަށެވެ. ނަމަވެސް ފެނިގެންދިޔައީ، ރިލްވާނުގެ މައްސަލަ އާއި ގުޅޭގޮތުން ކުރިމަތިކުރުވި ސުވާލުތަކަށް ޖަވާބު ނުދެވިގެން މިނިސްޓަރު އިމްރާން ހޫނުފެނަށް ވެއްޓުނު މަންޒަރު ކަމަށް ޝުޖާއު ވިދާޅުވިއެވެ. 

މިމަހުގެ 21 ވަނަ ދުވަހު މިނިސްޓަރު އިމްރާން ވަނީ މަޖިލީހަށް ހާޒިރުވެވަޑައިގެން މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވާފައެވެ. އެގޮތުން ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިހާމް ވަނީ، 2015 ވަނަ އަހަރު ބޭއްވި މޭޑޭ މުޒާހަރާގައި، ނޫސްވެރިޔާ ރިލްވާން ގެއްލުވާލި މައްސަލައާއި ގުޅޭ ލިޔެކިއުންތަކް އެމަނިކުފާނު އަތުގައި ހުރިކަމަށް ވިދާޅުވި މައްސަލާގައި ސުވާލުކޮށްފައެވެ. 

މިސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ، އެ ލިޔުންތައް މޭޑޭގެ މުޒާހަރާގައި އެމަނިކުފާނު ހައްޔަރުކުރުމަށްފަހު ފުލުހުން އަތުލާފައިވާކަމަށާއި، އެ ލިޔެކިޔުން ގެންދިޔަ ފުލުހަކު ހޯދުމަށް އަނެއްވާވެސް ޖެހޭނީ ތަހުގީގެއް ފަށަންކަމަށެވެ. އެހެންނަމަވެސް އެތަހުގީގާއި ހަމައަށް ދިއުމަށްވުރެ ގިނަ ތަހުގީގުތައް ކުރަން އެބަހުރިކަމަށް ވިދާޅުވި އެވެ.  

މިކަމަށް ފާޑުވިދާޅުވަމުން ޝުޖާއު ވިދާޅުވީ، މަރުތަކަށް އިންސާފު ހޯދައިދޭން އައި ސަރުކާރުގެ ހޯމް މިނިސްޓަރު، އެމަނިކުފާނު އަތުގައި ހުރިކަމަށްބުނާ ލިއުންތަކެއް، ފުލުހުން އަތުލިކަމަށް ވިދާޅުވުމުން، އެއީ ދިވެހި ފުލުހުންނަށް ހޯމް މިނިސްޓަރު ކުރެއްވި މަލާމާތެއް ކަމަށެވެ. 

ޝުޖާއު ވިދާޅުވީ، ހެކިތައް އަތުލާފައިވާނަމަ އެތަކެތި ހޯދައި މަރު ކޮމިޝަނަށް ހުށަހަޅަން ޖެހޭ ކަމަށެވެ. އަދި ހޯމް މިނިސްޓަރުކަމުގެ މަގާމުގައި ހުންނަވައިގެން، ފުލުހުން ހެކިތައް އަތުލީކަމަށް ވިދާޅުވުން އެކަން ކުށްވެރި ކުރާ ކަމަށާއި، މިކަމުގައި މިނިސްޓަރު އިމްރާން ޖަވާބުދާރީ ކުރުވަންޖެހޭ ކަމަށްވެސް ޝުޖާއު ވިދާޅުވިއެވެ. 

ޝުޖާއު ވިދާޅުވީ، މިސަރުކާރުން މިނިސްޓަރު އިމްރާން ޖަވާބުދާރި ނުކޮށްފިނަމަ ޕީޕީއެމްގެ ސަރުކާރެއްގައި މިނިސްޓަރު އިމްރާން ޖަވާބުދާރީ ކުރުވާނެ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް