13070
CONFIRMED

DEATHS
12001
RECOVERED
🌏64,508,175
INFECTED
🌏41,492,849
RECOVERED
🌏1,492,989
DEATH
🌏64%
RECOVERY RATE
އެމެރިކާގައި ކޮރޯނާ ވައިރަސް ޖެހިފައިވާ މީހެއެއް
އެމެރިކާގައި ކޮވިޑް-19 ގެ އާ ރެކޯޑެއް
Share
އެމެރިކާގައި ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުންދާ ދަނޑިވަޅެއްގައި އެ ގައުމުގައި ކޮވިޑްގެ ކޭސްތައް ރެކޯޑު އަދަދަކަށް އިތުރުވެއްޖެ އެވެ.
Advertisement

އެގޮތުން އިއްޔެ އެމެރިކާ އިން ކޮވިޑް-19 އަށް 84،843 މީހުން ޕޮޒިޓިވް ވެފައިވާ އިރު، މިއީ ޖުލައި 16 ވަނަ ދުވަހަށް ފަހު އެމެރިކާގައި ދުވާލެއްގެ މައްޗަށް އެންމެ ގިނަ ކޭސް ރެކޯޑްކުރެވިފައިވާ ދުވަހެވެ. މިދިޔަ ހަފްތާގައި އެކަނިވެސް 441،541 ޕޮޒިޓިވް ކޭސް ފެނިފައިވާ އިރު، މިއީ ޖުލައިގެ ފަހު ހަފްތާގެ ފަހުން އެމެރިކާގައި ކޮވިޑްގެ ކޭސްތައް އެންމެ ގިނަ އަދަދަކަށް ރެކޯޑް ކުރެވުނު ހަފްތާއެވެ.

ބޭރުގެ މީޑިއާތަކާއި ހަވާލާދީ އެމެރިކާގެ ޑޮކްޓަރަކު މައުލޫމާތުދޭ ގޮތުގައި، އެމެރިކާގެ ސިއްހީ ނިޒާމް ރަނގަޅުވުމުގެ ސަބަބުން ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ އަދަދު މަދުވެފައިވާ ކަމަށެވެ. އެގޮތުން ވޭތުވެދިޔަ 24 ގަޑިއިރު އެމެރިކާ އިން 925 މީހުން ކޮވިޑްގެ ބަލިމަޑުކަމުގައި މަރުވެފައިވެއެވެ. ނަމަވެސް މިދިޔަ ހަ ދުވަހު މަރުވެފައިވާ މީހުންގެ އަދަދު ކުޑަކޮށް އިތުރުވެފައިވާ އިރު، ޕީކް އަދަދަށް ވުރެ މަރުވެފައިވާ މީހުންގެ އަދަދު ވަނީ ދަށްވެފައެވެ.

ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ވަނީ އުތުރު އެމެރިކާ ސަރަހައްދުގެ ގައުމުތަކުގެ ހާލަތު ވަނީ ނުރައްކާތެރި ފައްތަރެއްގައި ކަމަށް ބުނެ، އިތުރަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައެވެ.

އެމެރިކާގައި މިހާތަނަށް ކޮވިޑް-19 އަށް 8.54 މިލިއަނަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެފައިވާ އިރު، 224،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް