ads
ސީރިއާގައި ހިނގަމުންދާ ދާހިލީ ހަނގުރާމާގައި ބައިވެރިވާ ދިވެހިންތަކެއް--
ސީރިއާއިން އައި މީހާގެ ރިސްކް އެސެސްމަންޓް ހެދުމަށް ބަންދު މުއްދަތު 30 ދުވަހަށް އިތުރުކޮށްފި
ސީރިއާގައި ހިނގަމުންދާ ހަނގުރާމާގައި ބައިވެރިވުމަށްފަހު މިމަހުގެ 15 ވަނަ ދުވަހު އެނބުރި ރާއްޖެ އައި މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށް ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ހޯމް މިނިސްޓްރީން ގާއިމްކޮށްފައިވާ މަރުކަޒުގައި ބަންދުކޮށްފި އެވެ.

މިއީ އެ ސެންޓަރުގައި ބަންދުކުރި ފުރަތަމަ މީހާއެވެ. ސީރިއާގައި ހިނގަމުންދާ ހަނގުރާމައިގައި ބައިވެރިވުމަށް ފަހު އެނބުރި ރާއްޖެ އައިކަމުގެ ތުހުމަތުގައި ހައްޔަރު ކުރީ އުމުރުން 34 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހައްޔަރުކުރުމަށް ފަހު މިމަހުގެ 16 ވަނަ ދުވަހު، ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ ހަތް ދުވަހަށް ބަންދު މުއްދަތު އިތުރުކޮށްފަ އެވެ. 

އަދި އޭނާއަކީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން، ހަނގުރާމަވެރި ސަރަހައްދެއް ކަމަށް ކަނޑައަޅާފައިވާ ސަރަހައްދަކުން އެނބުރި ރާއްޖެއައި މީހެއް ކަމަށް ތުހުމަތު ކުރެވިގެން ހައްޔަރު ކޮށްފައިވާ މީހެއް ކަމަށްވުމުން، ރިސްކް އެސެސްމެންޓް ހެއްދުމަށްޓަކައި ހޯމް މިނިސްޓްރީން ގާއިމްކޮށްފައިވާ މަރުކަޒުގައި 30 ދުވަހު މުއްދަތަކަށް އޭނާ ބަންދުކުރުމަށް އަމުރު ނެރެފައިވަނީ އިއްޔެ ކުރިމިނަލް ކޯޓުގައި ބޭއްވި މުއްދަތު މަޖިލީހުގަ އެވެ.

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 6-60 ވަނަ މާއްދާގެ ދަށުން ގާއިމްކުރަން ޖެހޭ މަރުކަޒުތައް، ނޭޝަނަލް ރީއިންޓަގްރޭޝަން ސެންޓަރުގައި ގާއިމްކޮށް، އެންޓި ޓޯޗާ ގާނޫނުގެ 1 7ވަނަ މާއްދާގެ ދަށުން، ދައުލަތުގެ ބެލުމުގެ ދަށުގައި މީހުން ބަންދުކުރާ ތަނެއްގެ ގޮތުގައި އެތަން ކަނޑައަޅާފައި ވަނީ މިމަހުގެ 22 ވަނަ ދުވަހު އެވެ.

ހޯމް މިނިސްޓްރީން މައުލޫމާތުދޭ ގޮތުގައި، މިއީ މިފަދަ މީހުންގެ ނުރައްކަލުން ދިވެހި ރައްޔިތުން ސަލާމަތްކޮށް، އެފަދަ މީހުން ޝަރީއަތުގެ ކުރިމަށްޗަށް ގެނެސް ގާނޫނުގައި ކަނޑައަޅާފައިވާ އަދަބު ދިނުމަށްޓަކައި ކުރެވޭ މަސައްކަތާއި، ޓެރަރިޒަމްގެ ބިރުވެރިކަމުން ރާއްޖެ ސަލާމަތްކޮށް، ހަރުކަށި ފިކުރު ހުއްޓުވުމަށް މުއައްސަސާތައް ގުޅިގެން ކުރާ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެކެވެ. 

އަދި މިފަދަ ކަންކަމުގައި އިސްލާމީ ގައުމުތަކާއި، ރަހުމަތްތެރި އެހެން ގައުމުތަކާއި ބައިނަލްއަގްވާމީ މުއައްސަސާތަކުގެ އެހީތެރިކަމާއިއެކު އިންސާނީ ހައްގުތަކާއި ކަރާމާތް ރިއާޔަތްކުރާނެކަމުގެ ޔަގީންކަން ހޯމް މިނިސްޓްރީން ވަނީ ދީފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް