ads
ޗައިނާ ފަތުުރުވެރިން--
އަންނަ މަހު ޗައިނާ ފަތުރުވެރިން ރާއްޖެ އަންނަން ފަށަނީ
ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ މުހިއްމު މާކެޓް ކަމަށްވާ ޗައިނާއިން އަންނަ މަހު ރާއްޖެއަށް ފްލައިޓްތައް ފެށުމަށް ތައްޔާރުވެއްޖެ އެވެ.

އެގޮތުން ވެލާނާ އިންޓަނެޝަނަލް އެއާޕޯޓުން އާންމުކުރި މައުލޫމާތުގައިވާ ގޮތުން ޗައިނާ އިން ރާއްޖެ އައުމަށް ހަމަޖެހިފައިވާ ފުރަތަމަ ފްލައިޓް އަންނަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 29 ވަނަ ދުވަހުގަ އެވެ.

ފުރަތަމަ ރާއްޖެ އައުމަށް ހަމަޖެހިފައި ވަނީ ޗައިނާގެ ގުއަންޒޯ އިންޓަނެޝަނަލް އެއާޕޯޓުން "ޗައިނާ ސަދާން އެއާލައިން" ގެ ފްލައިޓެކެވެ. އެއަށްފަހު އެ ގައުމުގެ ވެރިރަށް ބެއިޖިން އިން ޑިސެމްބަރުގެ މަހުގެ ދޭއް އަދި ހަތަރެއް، މި އިން ކޮންމެ ދުވަހަކު "ބެއިޖިން ކެޕިޓަލް އެއާލައިން" ގެ ފްލައިޓެއް އައުމަށް ވަނީ ހަމަޖެހިފަ އެވެ.

މީގެ އިތުރުން އިތުރު 31 އެއާލައިނަކުން ރާއްޖެއަށް ފްލައިޓްތައް އައުމަށް ވަނީ ހަމަޖެހިފަ އެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރުތައް މާޗު މަހު 27 ގައި ބަންދުކުރުމާ ހަމައަށް އަހަރުގެ ފުރަތަމަ ތިން މަސްދުވަހުގައި ރާއްޖެއަށް 380،000 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ އިރު، ޖުލައި 15 ގައި ބޯޑަރު ހުޅުވާލި ފަހުން މިހާތަނަށް 31،000 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް