ads
ސިޑި ގޮޅީގައި ފިލާ ހުރެ އަންހެނަކު ރޭޕް ކުރަން މަސައްކަތް ކުރަމަށް ފަހު ފިލި ކަމަށް ތުހުމަތު ކުރެވޭ މީހާ--
މީހަކު ރޭޕް ކުރަން މަސައްކަތް ކުރުމަށް ފަހު ފިލި ބަންގްލަދޭޝް މީހަކު ހޯދަނީ
މާލޭގެ ގެޔެއްގެ ސިޑި ގޮޅީގައި ފިލާ ހުރި ބަންގްލަދޭޝް މީހަކު އަންހެނަކަށް ހަމަލާ ދީ، ރޭޕް ކުރަން މަސައްކަތް ކޮށްފި އެވެ.

އުމުރުން 37 އަހަރުގެ އެ އަންހެން މީހާއަށް ހަމަލާ ދީފައި ވަނީ މިދިޔަ ބުރާސްފަތު ދުވަހު ޖަމާލުއްދީން ސްކޫލު ކައިރީގައި ހުންނަ ގެޔެއްގައި މިޒާނުރް ނަމަކަށް ކިޔާ ބަންގްލަދޭޝް މީހެކެވެ. 

އަންހެން މީހާގެ އާއިލާގެ މެމްބަރަކު ސީއެންއެމަށް މައުލޫމާތު ދެމުން ބުނީ އޭނާގެ ދައްތަ ސިޑިން ތިރިއަށް ފޭބީ ކުނި ކޮތަޅު ހިފައިގެން ކަމަށާއި، ސިޑި ގޮޅީގައި ފިލާ ހުރި މީހާ ހަމަލާ ދިނީ އެ ވަގުތު ކަމަށެވެ.

"ދައްތަ ފޭބި ގަޑީގައި މީނަ ފަހަތުން މޫނު މަތީގައި ފޮތިގަނޑެއް އޮޅައިގެން ބިން މައްޗަށް ވައްޓާލައިގެން މަސައްކަތް ކުރީ ރޭޕް ކުރަން. އެކަމަކު އެކަމެއް ނުއެއް ވި،" އެމީހާ ކިޔައިދިނެވެ.

އޭނާ ބުނި ގޮތުގައި ދައްތަ ސަލާމަތްވީ އެ ގޭ ކައިރިއަށް ސައިކަލުގައި އައި މީހުންގެ ސަބަބުންނެވެ. ނަމަވެސް ހަމަލާ ދިން މީހާ ވަނީ އެ ވަގުތު ދުވެ ފިލާފަ އެވެ. 

އެ މައްސަލަ ހަމަ އެ ދުވަހު ފުލުހުންނަށް ހުށަހަޅާފައި ވެއެވެ. ނަމަވެސް މިހާތަނަށް އެ މީހާ ހައްޔަރު ކުރި ކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެ އެވެ. ސީއެންއެމްއިން ކުރި މަސައްކަތުން ވަނީ ފުލުހުންގެ ބަހެއް ލިބޭ ގޮތް ނުވެފަ އެވެ. 

ރޭޕް ކުރަން މަސައްކަތް ކުރި ބަންގްލަދޭޝް މީހާއަކީ ކާކުކަން ދެނެގަނެ، އޭނާ ހޯދަން އާއްމުންގެ އެހީއަށް އެދި އަންހެން މީހާގެ އާއިލާއިން ވަނީ ސޯޝަލް މީޑިއާގައި ވެސް ޕޯސްޓުކޮށްފަ އެވެ. 

މިފަހަކަށް އައިސް ރޭޕްގެ މައްސަލަތައް ރާއްޖޭގައި ދަނީ އިތުރުވަމުންނެވެ. އެގޮތުން މިކަމުގެ ޝިކާރައަކަށް ކުޑަކުދިންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުން ވެސް ދަނީ ވަމުންނެވެ.

ރޭޕްއާ ދެކޮޅަށް ކަންބޮޑުވުން ފާޅުކުރާތީ ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވިދާޅުވީ ރޭޕް ފަދަ ކުށްތަކުން އަންހެނުންނާއި ކުޑަކުދިން ރައްކާތެރި ނުކުރެވި ދައުލަތުގެ ނިޒާމް ފެއިލްވެފައި އޮންނަތާ ކިތައްމަ ދުވަހެއް ވެއްޖެ ކަމަށެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބޮޑެތި ކުށްތައް ކަމަށް ކަނޑައަޅާފައިވާ ކުށްތަކުގެ ލިސްޓަށް، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށާއި ރޭޕްކުރުމުގެ ކުށް އިތުރުކުރަން ރައްޔިތުންގެ މަޖިލީހުން ސެޕްޓެމްބަރު މަހު ވަނީ ފާސްކޮށްފަ އެވެ.

64%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
27%
ސަތޭކައަކުން ސުމެއް
9%
ވަރަށް ސަލާމް
ކޮމެންޓްސް