ads
ރިއަލް މެޑްރިޑްގެ ސާޖިއޯ ރާމޯސް
ބާސާ ކޮޅަށް ތިން ލަނޑު ޖަހައި ފުރަތަމަ އެލްކްލެސިކޯ ރިއާލްއަށް
އެލްކްލެސިކޯގެ ފުރަތަމަ މެޗު ބާސެލޯނާގެ ދަނޑުގައި ބާސާ ބަލިކޮށް ރިއާލް މެޑްރިޑުން ކާމިޔާބުކޮށްފިއެވެ. ބާސާ- ރިއާލްގެ މެޗު ރިއާލުން ކާމިޔާބު ކުރީ ތިން ލަނޑު އެއް ލަނޑުންނެވެ.

މުޅި މެޗު ކަހަލަ ގޮތަކަށް ކޮންޓްރޯލް ކޮށްގެން މޮޅަށް ކުޅުނު ރިއާލުން މި މެޗުގެ ވަރަށް ކުރީކޮޅު ލީޑު ނަގައިފިއެވެ. މެޗުގެ ފަސްވަނަ މިނިޓުގައި ރިއާލަށް ފުރަތަމަ ގޯލް ކާމިޔާބުކޮށްދިނީ ފެޑެރިކޯ ވަލްވޭޑޭއެވެ. އެހެންނަމަވެސް ކުޑަ އިރުކޮޅެއްގެ ތެރޭގައި ބާސާއިންވަނީ ލަނޑެއް ޖަހާ ނަތީޖާ ހަމަހަމަކޮށްފައެވެ. ބާސާއަށް ލަނޑު ޖަހައިދިނީ ޒުވާން ތަރި އަންސޫ ފަޓީއެވެ. އެއާއި އެކު ފަޓީވެފައިވަނީ އެލްކްލެސިކޯގައި ލަނޑެއް ޖެހި އެންމެ ޒުވާން ކުޅުންތެރިޔާއަށް ވެފައެވެ. އޭނާގެ އުމުރަކީ އެންމެ ސަތާރަ އަހަރެވެ.

ރިއާލްއަށް މި މެޗުގައި ދެވަނަ ފަހަރަށް ކުރި ހޯދައިދިނީ ލިބުނު ޕެނަލްޓީއަކުން ކެޕްޓަން ސާޖިއޯ ރާމޯސްއެވެ. މިއީ ވީއޭއާރު އެސިސްޓެންޓް ރެފްރީގެ ނިންމުމަކުން ރިއާލްއަށް ލިބުނު ޕެނަލްޓީއެކެވެ. ރިއާލްގެ ތިންވަނަ ލަނޑު ޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ލޫކާ މޮޑްރިޗް އެވެ.

ބާސާގެ މައްޗަށް ކުރި ހޯދައި ލިބުނު ތިން ޕޮއިންޓާ އެކު ރިއާލް މެޑްރިޑުންވަނީ ޓޭބަލްގެ އެއްވަނަ މަގާމު ހޯދާފައެވެ. ރިއާލްއަށް ހަ މެޗުން ތޭރަ ޕޮއިންޓް ލިބިފައިވާއިރު ބާސާ އޮތީ ޓޭބަލްގެ ދިހަވަނައިގައެވެ. ބާސާއަށް ފަސް މެޗުން ލިބިފައިވަނީ ހަތް ޕޮއިންޓެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް