ads
އެއާޕޯޓް ޓާމިނަލް އަދި ފައާ ބިލްޑިން މަޝްރޫއުގެ ތެރެއިން
ހޯރަފުށި އެއާޕޯޓް އަަދި ޓެކްސީ ވޭގެ 95 އިންސައްތަ މަސައްކަތް ނިމިއްޖެ
ހއ. ހޯރަފުށި ގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ތަރައްގީ ކުރަމުން އަންނަ އެއާޕޯޓްގެ މަސައްކަތުގެ 95 އިންސައްތަ މަސައްކަތް ނިންމާލައިފި އެވެ.

އެމްޓީސީސީގެ ސިއީއޯ އާދަމް އާޒިމްއާއި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމަލުއްދީން މިއަދު ވަނީ ހަނިމާދޫ އަށް ވަޑައިގެން އެ މަޝްރޫއުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވާފައެވެ.

your imageއެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އަދި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން 

ހޯރަފުށި އެއާޕޯޓް ގައި 37425 މީޓަރުގެ ރަންވޭއަކާއި 8635 ސްކެއާ މީޓަރުގެ އޭޕްރަން އަކާއި ޓެކްސީ ވޭއެއްގެ އިތުރުން ސާވިސް މަގުތަށް ގާއިމް ކުރާނެ އެވެ. އަދި 9473 ސްކެއާ މީޓަރުގެ ޕާކިން އޭރިއާއަކާއި 1718 ސްކެއާ މީޓަރުގެ ފަޔާ އެކްސެސް މަގަކާއި 720 މީޓަރުގެ ސަރަހައްދެއްގައި ފެންސް ޖެހުން ވެސް މި މަޝްރޫއުގެ ދަށުން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.

އެއާޕޯޓްގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް 842200 ކިއުބިކް މީޓަރުގެ ސަރަހައްދެއް ހޯރަފުށިން ހިއްކާ ނިންމާފައިވަނީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި އެވެ. އަދި 1120 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓްގެ މަސައްކަތް މި އަހަރުގެ މާޗް މަހު އެމްޓީސީސީ އިން ވަނީ ނިންމާލައިފަ އެވެ. 

ހޯރަފުށި އެއާޕޯޓްގެ މަސައްކަތް ކުރުމަށް ކޮވިޑް-19 ގެ ސަބަބުން ލޮޖިސްޓިކަލް ގޮންޖެހުންތަކާއި ކުރިމަތިވި ނަމަވެސް މަސައްކަތް ހަލުވި ދުވެއްޔެއްގައި ކުރިއަށް ދާކަމަށާއި އޮކްޓޫބަރު މަހުގެ ނިޔަލަށް މަސައްކަތް ނިންމޭނެ ކަމަށް ލަފާކުރެވޭ ކަމަށް އެމްޓީސީސީން މީގެ ކުރިންވަނީ ބުނެފައެވެ.

your imageއެއާޕޯޓް ޓާމިނަލް އަދި ފައާ ބިލްޑިންގެ މަޝްރޫއު

އޭގެ އިތުރުން އެމްޓީސީސީގެ އިސްވެރިންވަނީ އެއާޕޯޓް ޓާމިނަލް އަދި ފަޔާ ބިލްޑިން މަޝްރޫއު ކުރިއަށްދާ ގޮތް ވެސް ބައްލަވާލައްވާފަ އެވެ. 

އެ މަޝްރޫއުގެ 35 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާއިރު އެމްޓީސީސީން ބުނީ ނޮވެމްބަރު އަށްވަނަ ދުވަހަށް އެ މަޝްރޫއު އެއްކޮށް ނިންމާލުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް